ވިލާ ގްރޫޕްގެ ވިލާ ހަކަތައިގެ އިން "ވިލާ ގޭސް ހިޔާ ފްލެޓް ލަކީ ޑްރޯ"ގެ ނަމުގައި މިދިޔަ އަހަރު ފަށާފައިވާ ޕްރޮމޯޝަނަލް ކެމްޕެއިނެއް ކުރިއަށް އެބަދެއެވެ.

މި ޕްރޮމޯޝަނަކީ ހިޔާ ފްލެޓްގައި ދިރިއުޅުއްވާ ފަރާތްތަކުގެ ތެރެއިން މަދުވެގެން 6 މަސް ދުވަސް ވަންދެން ވިލާ ގޭސް އޯޑަރު ކުރައްވާ، ފައިސާ ދައްކަވާ ފަރާތްތަކަށް ޙާއްސަކުރެވިފައިވާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް ލަކީ ޑްރޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ގުރުއަތުގެ ބައިވެރިންގެ ތެރެއިން، ހިޔާ ފްލެޓްގެ ކޮންމެ ޓަވަރަކުން ހޮވޭ 1 ފަރާތަކަށް ވިލާ ހަކަތައިން 6 މަސްދުވަހުގެ ފްލެޓް މެއިންޓެނަންސް ފީ ކަމުގައިވާ 6000 ރުފިޔާ ދައްކައިދޭނެކަމަށް އެކުންފުނިން ބުނެއެވެ.

މީގެއިތުރުން، ޕްރޮމޯޝަންގައި ބައިވެރިވާ މީހުން ގޭސްފުޅިއަށްވާ ފައިސާ ދައްކަން ނުޖެހޭނެ ކަމަށާއި، ހަމައެކަނި ދައްކަން ޖެހޭނީ ގޭސްފުޅި ރީފިލްކުރުމުގެ އަގަކީ 200ރ. އެވެ.

ވިލާ ހަކަތައިގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށާއި، ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިލާ ހަކަތައިގެ ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ކަސްޓަމަރުންނަށް އެންމެ އެހީ ތެރިކަން ފޯރު ކޮށްދޭނެ ގޮތް ބަލާ ކަމަށް އެކުންފުނިން ބުނެއެވެ.

އެކުންފުނިން ބުނީ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތައް ބައްޓަންކޮށް އިތުރު ފުރިހަމަކަމާ އެކު ގިނަ ފައިދާތަކެއް ލިބިދޭ ގޮތަށް ފަރުމާކުރާ ކަމަށެވެ.