ނުދަންނަ ނަންބަރުތަކުންނާއި ފޭސްބޫކް އެކައުންޓްތައް ހެކް ކޮށްގެން ރައްޓެއްސެއް ނުވަތަ އާއިލާ މެންބަރެއް ކަމަށް ބުނެ އޮޅުވާލައިގެން ކުރާ ފޯން ކޯލުތަކަށް އިތުރަށް ސަމާލުވާން މިހާރު މިވަނީ ޖެހިފައެވެ. މިކަންކަމަށް ސަމާލުވަނީ ކޮންބައެއް ތޯ؟. މީގެއިތުރުންވެސް "ކުއިކްޕޭ" މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ކުރިން އެކައުންޓްގެ ވެރިފަރާތް ޔަގީންކުރަނީ އަޅުގަނޑުމެން ތެރެއިން ކިތެށް މީހުން ތޯ؟

ރާއްޖެގައި މިހާރު އާންމު ކަމަށްކަަށްވެފައިވާ، މަކަރާއި ހީލަތުން މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާ މައްސަލަތައް މިއީ މިފަހަކަށް އައިސް ކޮންމެ ދުވަހަކުވެސް ފެންމަތިވާ މައްސަލަތަކެކެވެ. މިފަދަ މައްސަލަތަކަށް ބަލާއިރު އޮންނަނީ ކޮންމެހެން ކުރަން ނުޖެހޭ ފައިސާގެ މުއާމަލާތެއް ކުރުމުގެ ސަބަބުން އުފެދޭ މައްސަލައެއް ތަކެވެ.

ބޭންކް އޮފް މޯލްޑިވްސް އަބަދުވެސް އިލްތިމާސް ކުރާ އެއް ކަމަކީ މިފަދަ މައްސަލަތަކަަށް ސަމަލުވުމެވެ. މި ވާހަކަ ފަހަކަށް އައިސް އާންމުވެފައިވާއިރު، ތަފާތު އެކި ޕްރޮމޯޝަންތަކުގެ ނަމުގައާއި ނުވަތަ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީތެރިވުމަށްކަމަށް ބުނެ ނޫނީ އެހެންވެސް ގޮތަކުން މާލީ މަންފާ ލިބޭނެކަމަށް ދައްކައިގެން މީސް މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދުމަކީ ވަރަށް ފަސޭހައިން މީހުން ހައްލައިގެން ކުރާ ކަންކަމެވެ.

މަކަރާއި ހީލަތުން އެކި ގޮތްގޮތުން ފައިސާ ހޯދަން ދިވެހިންގެ ތެރެއިން ބަޔަކު ކުރަމުންދާ މަސައްކަތުގައި މިވަނީ އަނެއްކާވެސް އައު ގޮތްތަކެއް ހޯދައި އެގޮތަށް ރޭވުންތައް ރާވައި ފައިސާ ހޯދަން ފަށާފައެވެ. އެހެންކަމުން މިކަމަކީ ދިވެހިން ހޭލުންތެރިވެ ތިބެންޖެހޭ ކަންކަމެވެ. މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދަން ބައެއް މީހުން މަސައްކަތްކޮށް، މީގެ ކުރިން ވަނީ ރީލޯޑް ކުރުވައިގެންނާއި ރާސްޓަސް ކޮށްގެން ފައިސާ ހޯދާފައެވެ. އަދި މީގެ އިތުރުން އެކި މީސްމީހުންގެ ބެންކު އެކައުންޓްގެ މަޢުލޫމާތު ހޯދައިގެން އެމީހުންގެ އެކައުންޓްތަކުން ބޮޑެތި އަދަދުތަކުން މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވެއެވެ.

މިއީ ހަމައެކަނި ރަށްރަށުގައި ހިނގާ ކަންކަމެއް ނޫނެވެ. މިއީ މިހާރު މާލެގައިވެސް އާންމު ކަމަށްކަށްވެފަ އޮތްކަމެކެވެ. މަކަރުން ފައިސާ ހޯދުން އެކަނި އެއް ނޫނެވެ. ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަނޫން ޓްރާންސްފަރ ސްލިޕް ހަދައި ވައިބަރކޮށް އޮޅުވާލައި މަކަރާއި ހީލަތުން މުދާ ހޯދަމުންދާ މައްސަލަތައް ވެސް މިވަނީ އިތުރުވެފައެވެ.

ފިހާރައެއްގެ ސޭޓަކާ ހަވާލާދީ ފުލުހުން ހިއްސާކުރި ހާދިސާއެއް

"އެއްދުވަހު ފިހާރައަށް އެއްޗެއް ގަންނަންއައި މީހެއް. މި ފިހާރައަކީ އޮންލައިންކޮށް ފައިސާ ޓްރާންސްފަރ ކުރެވޭގޮތަށް އެކައުންޓް ނަންބަރާއި ވައިބަރ ނަންބަރު ކައުންޓަރުގައި ހަަރުކޮށްފައި ހުންނަ ފިހާރައެއް. އެ މިހާ ހުރީ ވަރަށް ސްމާޓްކޮށް. ވައްކަމެއް ކޮށްފާނެ ފަދަ އެއްވެސް ސިފައެއް ނުފެނެ. އޭނާ ފިހާރައަށް ވަދެ 350 ރުފިޔާގެ ސާމާނު ނެގި. އަދި އެތަކެއްޗަށްވާ ފައިސާ ޓްރާންސްފަރ ކުރުމަށްފަހު މި ފިހާރައިގެ ނަންބަރަށް ސްލިޕް ވައިބަރ ކުރި. އެހެންކަމުން ސްލިޕް ލިބުނުތޯ އަޅުގަނޑު ފޯނު ޗެކްކޮށްލުމަށްފަހު ސްލިޕް ލިބިފައި އޮތުމުން ފައިސާ ދެއްކީ ކަމަށް އަޅުގަންޑު ގަބޫލު ކުރީ. އެހެންވެ ދެން އަޅުގަނޑު ސްލިޕް ލިބިފައި އިން ކަމަށް ބުނުމުން، އެމީހާ ގަތް މުދާކޮޅު ހިފައިގެން އެ މީހާ ފިހާރައިން ނިކުތް" ފިހާރެއްގެ ސޭޓް

މި ކަހަލަށް ކަންކަމީ އަޅުގަންޑުމެން އެންމެ ވެސް ސަމާލުކަންދޭވީ ކަންތަކެވެ. ބީއެމްއެލް އިން ވަރުބަލިކަމެށް ނެތި އެ ބުނަނީ މި ފަދަށް ކަންކަމަށް ސަމާލުވާށެވެ. އެގޮތަށް ފައިސާ ހޯދާ މީހުން ތިބާގެ އަތުން މަކަރުން ހޯދަނީ އެންމެ ލާރިއެއް ދެލާރިއެއް ނޫނެވެ. ލައްކައިން ބައި ލައްކައިންވެސް މިފަދައިން ލާރި ހޯދައެެވެ.

އަޅުގަނޑުމެން ތަރައްގީކުރަންވީ އަތުގައި އޮންނަ ފޯނާއި، ގަޔަށް ލާ އަންނައުނެއް ނޫނުވެ. ސިކުނޑިއާއި، ވިސްނުންވެސް ތަރައްގީވާން އެބަޖެހެެއެވެ. މަކަރާއި ހީލަތުން އެކި ގޮތްގޮތުން ފައިސާ ހޯދާ މަކަރުވެރިންގެ ދަލުގައި ނުޖެހި ސަލާމަތްވެވޭނީ އޭރުންނެވެ.