އިޒުރޭލުން ހިފާފައިވާ ބިންތަކުގެ ތެރޭގައި ހިމެނޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހުރި ދެ ގެއެއް ބިމާ ހަމަކޮށްފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެ، ދެ ގެ ބިމާ ހަމަކޮށްފައި ވަނީ، އެ ދެގޭގައި ދިރިއުޅޭ ދެ މީހަކު ބަޑީގެ ހަމަލާތަކެއް ދިން ކަމަށް ތުހުމަތުކޮށްފައެވެ.
ހުޅަނގު އައްސޭރީގައި ހުންނަ ފަލަސްތީނުގެ މުހަންމަދު ޖެރާޑް ދިރިއުޅޭ ގެ އާއި، ޖިޓް ޖެރާޑް ދިރިއުޅޭ ގެ ސުންނާފަތިކޮށްލީ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
މި ހަމާލަތަކުގައި އެއްވެސް މީކަށް އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ.
އިޒްރޭލުން ތުހުމަތު ކުރާ ގޮތުގައި އެ ދެ މީހުން ވަނީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހޯމްސްގެ އައުޓްޕޯސްޓް ކައިރިން ދުއްވި ކާރަކަށް ބަޑިޖަހައި އިޒްރޭލުގެ ދަރިވަރަކު މަރާލައި އިތުރު ދެ މީހަކު ޒަހަމްކޮށްލައިފައެވެ.
މިދިޔަ އަހަރު ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ދިން އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 77 މީހުން މަރުވި ކަމަށް ރެކޯޑް ކުރެވިފައިވެއެވެ.
މަރުވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ އެއްވެސް ހަމަލާއެއްގައި ބައިވެރިވި ބައެއް ނޫން ކަމަށް ވެއެވެ.
މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.