ވިލާ ކޮލެޖްގެ ކޯޕަރޭޓް އެކްސެސް ޓު ސްޓުޑެންޓް ޓެލެންޓް (ކާސްޓް) ޕްރޮގްރާމްގައި ބައިވެރިވުމަށް ވިލާ ކޮލެޖާއި އަމާނާ ތަ ކަފުލް މޯލްޑިވްސް އާއި ދެމެދު އެމްއޯޔޫ އެއްގައި ސޮއި ކޮށްފިއެވެ.

ވިލާ ކޮލެޖްގެ ފަރާތުން މި އެމްޔޯޔޫ ސޮއި ކުރެއްވީ ވައިސް ރެކްޓަރ ޑރ އަލީ ނަޖީބްއެވެ. އަދި އަމާނާ ތަކަފުލްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑައިރެކްޓަރ ހަރީޒް ސުލައިމާންއެވެ.

މިޕްރޮގްރާމްގެ ދަށުން ވިލާ ކޮލެޖްގެ ދަރިވަރުންނަށާއި ދަސްވެނިވެފައިވާ ދަރިވަރުންނަށް އަމާޒުކޮށް އަމާނާ ތަކަފުލްއިން ސޮފްޓް ސްކިލްސް އާއި ފައިނޭންސް ދާއިރާއިން ކުރު ތަމްރީން ޕްރޮގްރާމްތައް ހިންގޭނެއެވެ.

މި ތަމްރީން ޕްރޮގްރާމްގައި ކަވާރ ކުރާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އިންޝުއަރެންސް، ތަކާފުލް، ރިސްކް މިޓިގޭޝަނ ، އިސްލާމިކް ފައިނޭންސް ފަދަ ދައިރާތަށް ހިމެނޭ ކަމަށް މައުލޫމާތުދެއެވެ.