އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމަށް ގިނަ ތުހުމަތުތަކެއްކޮށް ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
ޖާބިރު ހުށަހެޅުއްވި މައްސަލައަކީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ ފަރާތްޕުޅުން ފެންނަމުން ދަނީ އޭނާގެ މަސްލަހަތު އޮންނަ އޭނާގެ ބޭބެގެ ސިޔާސީ ޕާޓީ ކަމުގައިވާ އެމްއެންޕީއަށް ނާޖާއިޒް ގޮތުގައި މަންފާ ހޯދައި ދެމުންދާ މަންޒަރު ކަމަށާއި އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކިއެކި މަޝްރޫޢުތައްވެސް އޭނާއާ ގުޅުންއޮންނަ ފަރާތްތަކަށް ދިނުންފަދަ ޖަރީމާތައް ހިންގާކަމަށް ޖާބިރު ހުށަހެޅުއްވި މައްސަލާގައި ވެއެވެ.
އަދި މިފަދަ ނޭއްގާނީ ކަންކަމަކީ ސަރުކާރުގެ ސިޔާސަތުގެ ބޭރުން އާޒިމް ހިންގަވަމުން ގެންދަވާ ކަންކަމުގައި ބެލެވޭތީ އޭނާ މިހާރުން މިހަރުން އޭނާ މަގާމުން ދުރުކުރުމަށް، އަވަސް މައްސަލަ އެއް ގޮތުގައި ބަލައި ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ކަމަށްވެސް ޖާބިރު ހުށަހެޅި މައްސަލާގައިވެއެވެ.
މިމައްސަލަ މަޖިލީހަށް ބަލައި ނުގަންނަން 28 މެމްބަރަކު ވޯޓު ދެއްވިއިރު، މިމައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
އެހެންކަމުން މިއަދުގެ ޖަލްސާގައި މި މައްސަލައަށް ބަހުސްކުރުމަށް ނުފެންނަ ކަމަށް މެމްބަރުން ވަނީ ނިންމާފައެވެ.
ޔާރައްބީ ތިބޭފުޅާޢަކީ އާދައިގެ ބޭފުޅެއްނޫން. ބޭބޭފުޅު ވެސް އެހިންވަނީ ސީދާ އެންގެވި ގޮތަށް
މިކަން ނުބެލޭނެ ނޫންތޯ. ބުނާތީ އަޑުއިވޭ މިއީ 2023 އަށް ރައީސަށް ދޮންކޮށްދޭން މަސައްކަތް ކުރާ ބަޔެކޯ.