މުހައްމަދު މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމަށް، މީގެކުރިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މެނޭޖިންގ ޑިރެކްޓަރުކަމުގައި ހުންނެވި އާދަމް މުހައްމަދު އައްޔަން ކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައި ހުންނެވި އާދަމް މުޙައްމަދު، ރޯޝަނީވިލާ/ އއ.ބޮޑުފޮޅުދޫ، ވެމްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުންނާއި މެނޭޖިންގ ޑިރެކްޓަރކަމުގެ މަގާމުން މިއަދު ވަކި ކޮށްފައިވާކަމަށެވެ. އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަގާމަށް އޭނާ އައްޔަންކުރައްވާފައިވާކަމަށް ޕީބީސީން ބުނެއެވެ.

މޯލްޑިވްސް ޕޯސްޓްގެ އެމްޑީ ކަމުގައި ކުރިން ހުންނެވި އަހުމަދު ޝަފީޤް، އިކްލީލުގެ/ ހއ.ދިއްދޫ، އެމަގާމުން ވަކި ކޮށްފައިވާކަމަށްވެސް ޕީސީބީން ވަނީ ބުނެފައެވެ.

ސަރުކާރުން ވަނީ ދާދިފަހުން ސްޓެލްކޯގެ އެމްޑީކަމުން ހަސަން މުޣުނީ ވަކިކޮށް އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އޭނާ އައްޔަންކުރައްވާފައެވެ. އަދި ސްޓެލްކޯގެ އެމްޑީ ކަމަށް އައްޔަން ކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމާއި ވެރިންނަށް ސަރުކާރުން އަންނަނީ ބޮޑު ބަދަލެއް ގެންނަމުންނެވެ.