ހިޔާ ފްލެޓަށް ދިރިއުޅުން ބަދަލުކުރި ފަހުން ހައްވާ މުޙައްމަދު ނުވަތަ އެންމެން ދަންނަ ނަމުން ނަމަ ހައްވައްތަ އާއި ހައްވަތަގެ އާއިލާއަށް އޮތް އެންމެ ބޮޑު ތަކުލީފަކީ ގެއަށް ބޭނުންވާ ކޮންމެ އެއްޗެއް ގަންނަން ޖެހުނަސް ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ދާންޖެހުމެވެ. ކެއުންބުއިމަށް ބޭނުންވާ އެއްޗެއް ވިޔަސް އަދި އެ ނޫން އެއްޗެއް ވިޔަސް ވެހޭހާ ވާރެއެއްގައި ނޫނީ ދޭހާ އަތްވެއްގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ނޫނީ މާލެއަށް ދާން މަޖުބޫރު ކުރުވަނީ ހިޔާ ސަރަހައްދުން ބޭނުންވާ ބައެއް ތަކެތި ނުލިބޭތީއެވެ. ނޫނީ ވިޔަފާރިތައް މަދު އެތަނުން ލިބޭ ތަކެތިވެސް އާންމުކޮށް މާލޭ ސަރަހައްދުގެ އެހެން ހިސާބުތަކުން ލިބޭ އަގުތަކަށް ވުރެ ބޮޑުވީމައެވެ.

އުދާސްވެރި ރާގެއްގައި އަޅުގަނޑާ މި ވާހަކަ ހިއްސާކުރުމަށް ފަހު، ދެން ނިކަން ހެވިފައި ހުރެ ހައްވައްތަ ބުނީ އެ މާޔޫސްކަމާއި ނުތަނަވަސްކަން ބުދަ ދުވަހުގެ ރޭ ފިލާ ހިނގައްޖެ ކަމަށެވެ. ރާއްޖޭގެ ވިޔަފާރީގައި އެތައް ކާމިޔާބީއެއް ހޯދާފައިވާ އަދިވެސް ކުރިއެރުންތައް ހޯދަމުން އަންނަ ޤާސިމް އިބްރާޙިމްގެ ވިލާ ގުރޫޕުގެ ކުޑައިގެ ދަށަށް އިތުރުކޮށްފައިވާ ކުންފުންޏަކުން ހިންގާ ހޯލްސޭލް/ރީޓެއިލް ވިޔަފާރީގެ ދަށުން މާލޭގައި ހުޅުވި "ވިލާ މާޓް"ގެ ތިން ފިހާރައަށް ފަހު، ހުޅުމާލޭ ހިޔާ ފްލެޓް ޓަވަރެއްގައި 4 ވަނަ ފިހާރަ ހުޅުވިގެން ދިޔައީމައެވެ.

ހިޔާ ޓަވަރުތަކުގެ ތެރެއިން ރައްކުލައިގައި ހުންނަ 14 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި ހުޅުވާފައި ހުރި އެ ފިހާރައިން ހެޔޮ އަގުގައި ހައްވައްތަ ގަންނަން ބޭނުންވާ ތަކެތި ލިބޭތީއެވެ. އެ ތަން ހައްވައްތަ ދިރިއުޅޭ ފްލެޓަކާވެސް މާ ދުރެއް ނޫނެވެ. އަނެއް ހިތްހަމަޖެހުމަކީ އެއީއެވެ. ހިފާގެންގުޅޭ ސާމާނާއި ކޮސްމެޓިކްސް އަދި ގްރޯސަރީޒް އެއް ފުރާޅެއްގެ ދަށުން ލިބެން ހުރުމަކީ ވިލާ މާޓްގެ ކަސްޓަމަރުންނަށް ލިބޭ އެއް ހިތްހަމަޖެހުމެވެ.

ވިލާ މާޓްގެ 4 ވަނަ ފިހާރަ، ހުޅުމާލޭ ހިޔާ ޓަވަރު 14ގައި

ހައްވައްތަ އާއި ދައްތަގެ އާއިލާ އެކަންޏެއް ނޫނެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔެއްގައި އުންމީދާ މި ފިހާރަ ވަނީ ގުޅިފައެވެ. ދިރިއުޅޭ ހިސާބުން ހެޔޮ އަގުގައި ގެއަށް ބޭނުންވާ ތަކެތި ގަންނަން ލިބޭނެ ދުވަހަކަށް އެދި އެ މީހުން ކުރަމުން ދިޔަ އިންތިޒާރު މި ވަނީ ނިމިފައެވެ.

ވިލާ މާޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ވިލާ މާޓުން އާއްމުންނަށް ބޭނުންވާ މުދާ އަގު ހެޔޮކޮށް ލިބެން ހުންނާނެއެވެ. އަދި ވިލާ މާޓްގެ ފިހާރަތަކުގައި ވިލާ ޓްރޭޑިންގެ އަމިއްލަ ޕްރޮޑަކްޓްތައް ވެސް ލިބެން ހުންނާނެއެވެ. މީގެ އިތުރުން އެހެން ފިހާރަތަކުން ނުލިބޭ ބައެއް ބްރޭންޑްތައް އެކްސްކުލޫސިވްކޮށް ހޯލްސޭލް އަދި ރީޓެއިލް ވެސް ކޮށްދެއެވެ.

އޭގެ ތެގެތެރޭގައި، ރާއްޖޭގެ މާކެޓުގައި އާ އަދި ތަފާތު ޕްރޮޑަކްޓެއް އަދި މެދު އިރުމަތީ ގައުމުތަކުގައިގެ އެއް ނަންބަރު ކަމަށް ބުނާ ޑެއިރީ ސަޕްލަޔަރ އަލްމަރައިގެ އުފެއްދުންތައް ފާހަގަކޮށްލެވެއެވެ. އަދި ރޯސްޓަރގެ އިތުރުން އީޓީއައި ފަދަ ބްރޭންޑްތަައް ވެސް ފާހަގަކޮށްލެވެއެވެ.

ވިލާ މާޓްގެ ފިހާރައެއް

"ވިލާ މާޓް" ގެ ނަމުގައި ފުރަތަމަ ފިހާރަ ހުޅުވާފައި ވަނީ އޯކިޑް މަގު ފެންޓަސީ ކައިރީގައެވެ. އަދި ދެވަނަ ފިހާރައެއް ހުޅުވާފައި ވަނީ މަޖީދީމަގުގައި މާވެޔޮ މަގާ ކައިރިންނެވެ. ޓީވީއެމް ކައިރީގައި ވެސް "ވިލާ މާޓް"ގެ ފިހާރައެއް ހުންނާނެއެވެ.

މާލޭގައި ދިރިއުޅޭ ފަރާތްތަކާއި އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ވިލާ މާޓްގެ ވެބްސައިޓް މެދުވެރިކޮށް އެ ފިހާރައިން ތަކެތި ގަނެވޭނެއެވެ. މާލެ އަދި ހުޅުމާލޭގައި ނަމަ ސީދާ ގެއަށް ޑެލިވަރީ ވެސްކޮށްދޭނެއެވެ. އަތޮޅު ތެރޭގައި ދިރިއުޅުއްވާ ނަމަ ބޯޓާ ހަމައަށް ތަކެތި ގެންގޮސްދިނުމުގެ ޚިދުމަތް ވިލާ މާޓުން ފޯރުކޮށްދޭނެއެވެ.