މާލޭގައި ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުންދާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ވީނިއުސް އަށް މައުލޫމާތު ލިބިފައިވާގޮތުގައި، ހެންވޭރުގައި ހުންނަ ގެއެއްގެ ތެރެއިން މީހަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އަދި މަރުވެފައި އޮއްވާ ފެނުނީ ފިރިހެނެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި މިމީހާ ފެނުނީ ދަންޖެހިފައި ހުއްޓާކަމަށާއި، ފުލުހުން ސީން އަށް އެޓެންޑުވީ އެގޭގައި ދިރިއުޅޭ މީހުން އެކަން ރިޕޯޓުކުރުމުން ކަމަށްވެސް ވީނިއުސް އަށް މައުލޫމާތު ލިބިފައިވެއެވެ.

މީޙަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން ގެންދާ ސަރަހައްދު- ފޮޓޯ:- އަހްމަދު ޝާނީޒް / ވީނިއުސް

މިކަމާ ގުޅޭގޮތުން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

މާލޭގައި މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވެފައި ހުރި މީހަކު ފެނުނުއިރު، އިއްޔެ ހަވީރުގެ ވަގުތެއްގައިވެސް ހުޅުމާލެއިން މީހަކު ދަންޖެހި މަރުވެފައި ހުއްޓާ ފެނިގެން ފުލުހުން ހަރަކާތްތެރިވެފައިވެއެވެ.

ތަފްސީލް އަންނަނީ.....