ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރެއިން ޓްރާންސިޓްވާ މީހުންނަށް ހާއްސަ ވިސާއެއް ދިނުން މުހިއްމު ކަމަށް ރާއްޖެ އަށް ޓޫރިސްޓުން ގެނައުމުގަ މަސައްކަތް އެންމެ ފުޅާކޮށް ކުރާ އޭޖެންޓުންގެ ތެރޭގައި ހިމެނޭ މުހައްމަދު ފިރާގު ބުނެފިއެެވެ.

އިނާ މޯލްޑިވްސް އާއި އޭސް ޓްރެވެލްސްގެ ވެރިޔާ ފިރާގު ބުނީ ޓްރާންސިޓްވާ ޓޫރިސްޓުންނަށް ހާއްސަ ވިސާއެއް ދޫކުރެވޭނެ އިންތިޒާމު ރާއްޖޭގައި ހަމަޖައްސަން ޖެހޭ ކަމަށެވެ.

މިކަން މިގޮތަށް ހަމަޖައްސަން ޖެހެނީ ބައެއް ހާލަތްތަކުގައި ރާއްޖެ އަންނަ މިފަދަ ޓްރާންސިޓްވާ ފަތުރުވެރިން އެތެރެކުރުމަށް އެއާލައިންތަކުން ސިޓީއެއް ދޭން ޖެހޭ ކަމަށް އިމިގްރޭޝަނުން ބުނާތީ ކަމަށްވެސް ފިރާގު ބުނެއެވެ.

ނަމަވެސް އެ ދަތުރުވެރިޔާ އެތެރެވުމަށް ފަހު އެއާލައިނަށް އެ ދަތުރުވެރިޔާ ވީ ތަނެއް، ވަން ތަނެއް، ހުރި ތަނެއް އަދި އެއްވެސް ގުޅުމެއް ނޯވޭ."
މުހައްމަދު ފިރާގު

ފިރާގު ބުނީ މިފަދަ ކަންކަމަކީ މި ޒަމާނަށް ބަލާއިރު ކުރަން ވަރަށް މުހިއްމު ކަންކަން ކަމަށެވެ. އަދި ކަންތައް މިހެން ހުރުމާއެކު ޓްރާންސިޓްވާ ޓޫރިސްޓުން ފުރައިގެން ދަނީވެސް އެމީހަކު ބޭނުން ދުވަހަކު އެހުރި ތަނެއްގައި ހުރުމަށްފަހު ކަމަށް ފިރާގު ބުންޏެވެ. އެހެންވެ މިފަދަ ގޮތަކަށް އަމަލުކުރެވޭ ގޮތަށް އުސޫލު އޮތުން ރަނގަޅު ނޫންކަމަށް އެނާ ބުނެއެވެ.

އުސޫލެއްގެ ގޮތުން އިމިގްރޭޝަނުން ބުނާ ސިޓީ އަކީ އެއާލައިން ރެޕްރެޒެންޓޭޓިވްސް އަށް އެއާލައިނުން ދީފައި އޮންނަ ހުއްދައެއް ނޫންކަމަށާއި ހާލަތުގެ ގޮތުން އެފަދަ ސިޓީ ދެނީ ލެޓަރ ހެޑް ހުރީމަ ކަމަށް ފިރާގު ބުނެފައިވެއެވެ. އަދި މިއީ ތަރައްގީ އާއި ތަހުޒީބުގެ ރަންޒަމާން ކަމަށްވާއިރު މިފަދަ ކަންކަމާ ދޭތެރޭ ވިސްނައި، މިފަދަ މުހިންމު ކަންތައްތަކަށް އަވަސް ހައްލެއް ގެންނަން ޖެހޭ ކަމަށްވެސް އޭނާ ބުނެއެވެ.