އިރަސްމަސް ޕްލަސް ޕްރޮގްރާމް، (ކޯޕަރޭޝަން ފޯރ އިނޮވޭޝަން އެންޑް ދަ އެކްސްޗޭންޖް އޮފް ގުޑް ޕްރެކްޓިސް،ކެޕޭސިޓީ ބިލްޑިންގ އިން ދަ ފީލްޑް އޮފް ހަޔަރ އެޑިއުކޭޝަން) ޔޫރަޕިއަން ޔޫނިއަންގެ ހުއްދަ އާއި އެހީއާއެކު ދިވެހިރާއްޖޭގެ ޤައުމީޔުނިވަރސިޓީއާ ގުޅިގެން ކުރިއަށްދާ "އެޑްވާންސިންގ ހަޔަރ އެޑިއުކޭޝަން އިން ދަ މޯލްޑިވްސް ތުރޫ އީ ލާރނިންގ ޑެވެލޮޕްމެންޓް" ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގައި ދެވޭ މަތީ ތައުލީމު، އީ-ލާރނިންގ މެދުވެރިކޮށް ތަރައްޤީކޮށް ކުރިއެރުވުމަށް އެކުލަވައިލެވިފައިވާ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް އެހީތެރިކަން ފޯރުކޮށްދޭ މުހިއްމު ހިއްސާދާރުންނަކީ، ސްޕެއިންގެ"ދަ އޯޕަން ޔުނިވަރސިޓީ އޮފް ކެޓަލޯނިއާ" އާއި، ކްރޮއޭޝިއާގެ "ދަ ފެކަލްޓީ އޮފް އޯރގަނައިޒޭޝަން އެންޑް އިންފޯރމެޓިކްސް އެންޑްކުރޮއޭޝިއަން އެކަޑެމިކް އެންޑް ރިސާރޗް ނެޓްވޯރކް"އެވެ. އެހެޑް ޕްރޮޖެކްޓް ކުރިއަށް ދަނީ މި ތިން ޤައުމުގެ ޔުނިވަރސިޓީގެ ކަމުވޮށިވެގެންވާ ބައިވެރިންގެ ބައިވެރިވުމާއި ލަފަޔާއި އިރުޝާދާއި މަޝްވަރާއާއި އެކުގައެވެ. މި ޕްރޮޖެކްޓަކީ 720,592 ޔޫރޯގެ ޕްރޮޖެކްޓެކެވެ. އެހެޑް ޕްރޮޖެކްޓްގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ މަތީ ތައުލީމް ފޯރުކޮށްދިނުމުގެ ނިޒާމް އީ-ލާނިންގެ ދާއިރާއިން ކުރިއަރުވާ އިތުރަށްތަރައްޤީ ކުރުމަށް އެހީތެރިވެދިނުމެވެ.
އެގޮތުން މިދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ ޒަމާނީ ބަދަލުތަކާއި ނިޒާމްތައް ތައާރަފްކޮށް، މި ބަދަލުތަކާއި ނިޒާމްތައް ގާއިމްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން މިޕްރޮޖެކްޓްގެ ތެރެއިން ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން އުނގަންނައިދެއްވާލެކްޗަރާއިންގެ ހުނަރާއި، ފަންނުވެރިކަން ތަރައްޤިކުރުމަށްވެސް ފުރުސަތުތަކެއް ފަހިވެގެން ދާނެއެވެ.
އެހެޑް ޕްރޮޖެކްޓް ފެށިފައިވަނީ 2019 ވަނަ އަހަރުގައެވެ. މި ޕްރޮޖެކްޓްގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއަށް، މައިގަނޑު ތިން ދާއިރާއަކުން ވަނީ އަގު ހުރި ތަޖްރިބާތަކެއް ލިބިފައެވެ. އެ ދައިރާތަކަކީ ޚިޔާލު ބަދަލު ކުރުމާއި، މަޝްވަރާ ކުރުމުގެ ތެރެއިން އިންސާނީ ވަސީލަތް ބާރުވެރިކުރުމާއި ތަމްރީން ކުރުން އީ-ލާރނިންގ ރޯޑްމެޕް ތައްޔާރުކުރުމާއި ވަސީލަތްތައް ދެނެގަތުމާއި ހޯދުން، އަދި ޕްރޮޖެކްޓް މެދުވެރިކޮށް އިންސާނީ ވަސީލަތް ހޭލުންތެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުން މި ތިން ދާއިރާއެވެ.
އެމް.އެން.ޔޫގެ މުވައްޒަފުން ބާރުވެރިކުރުވުން
އެމް.އެން.ޔޫގެ މުވައްޒަފުންނާއި ޕްރޮޖެކްޓްގެ އެހެނިހެން މާހިރުންނާއި އެކު ގުޅިގެން އީ-ލާރނިން އަށް ތައްޔާރުކުރެވުނު ސްޓަޑީ ޕްރޮގުރާމުގެ ސަބަބުން މިކަމުގައި ބައިވެރިވި މުވައްޒަފުންނަށް މި ޕްރޮޖެކްޓްގެ ފައިދާ ވަނީ ތަޖުރިބާ ކުރެވިފައެވެ. އަދި "ދަ އޯޕަން ޔުނިވާރސިޓީ އޮފްކެޓެލޯނިއާ (ސްޕެއިން) އާއި، "ދަ ފެކަލްޓީ އޮފް އޯރގަނައިޒޭޝަން އެންޑް އިންފޯރމެޓިކްސް" އަދި "ކުރޮއޭޝިއަން އެކަޑެމިކް އެންޑް ރިސާރޗް ނެޓްވޯރކް" (ކުރޮއޭޝިއާ) އެކުގައި ކޯސް ފަރުމާ ކުރުމުގެ ތެރެއިން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ލިބުނު އައު މަޢުލޫމާތާއި ހުނަރު ޤައުމީ ޔުނިވަރސީޓީގެ ކޯސްތައް ފަރުމާކުރުމުގެ މަރުހަލާތަކުގައި ވެސް މުސްތަޤުބަލްގައި ބޭނުން ކުރެވިގެންދާނެއެވެ.
މީގެ އިތުރުން، 2019 ވަނަ އަހަރުގެ ނޮވެންބަރުގައި ސްޕެއިންގެ ބާރސަލޯނާގައި ކުރިއަށް ދިޔަ "ޖޮބް ޝެޑޮއިން" ތަމްރީންގެ ތެރެއިން، "ދަ އޯޕަން ޔުނިވާރސިޓީ އޮފް ކެޓަލޯނިއާ"އިން ހިއްސާކުރައްވާފައިވާ އީ-ލާރނިންގ ސެންޓަރ ޑެވެލޮޕްމަންޓް، ވާރޗުއަލް ލައިބްރަރީ، އަދި އޮންލައިން ޓީޗިންގ ތަމްރީންތަކުގެ ސަބަބުންވެސް މިއަދު ޤައުމީ ޔުނިވާރސިޓީން ފޯރުކޮށްދެއްމުން ދާ އީ-ލާރނިންގ ހިދުމަތަށް ރަނގަޅު ބަދަލުތަކެއް މުސްތަޤްބަލުގައި އަންނާނެއެވެ.
މިފަދަ ދެވަނަ "ޖޮބް ޝެޑޮއިން" ތަމްރީނެއް ވަނީ 2012 ވަނަ އަހަރުގެ މާރިޗް މަހުގައި ކުރޮއޭޝިއާގައި ވެސް ބޭއްވިފައެވެ. މި "ޖޮބްޝެޑޮއިން" ގެ ތެރޭގައި "ދަ ފެކަލްޓީ އޮފް އޯރގަނައިޒޭޝަން އެންޑް އިންފޯރމެޓިކްސް" އަދި "ކުރޮއޭޝިއަން އެކަޑެމިކް އެންޑް ރިސާރޗްނެޓްވޯރކް" އާއި ގުޅިގެން ޔުނިވަރސިޓީގެ އީ ލާރނިންގ ތަރައްގީކުރުމަށް ބޭނުންވާ އިންފްރާސްރަކްޗަރ އާއި ބްލެންޑެޑް ކޯސްތައް ފަރުމާކުރުމަށް ބޭނުންކުރާނެ ތަފާތު ޓެކްނޮލޮޖީގެ ވަސީލަތްތަކާއި ފްރޭމްވާރކްތަކާއި ބެހޭ މައުލޫމާތު ބައިވެރިންނަށް ލިބިގެން ދިޔައެވެ.
އީލާރނިން ރޯޑްމެޕް ޑެވެލޮޕްމެންޓް
އެމެޑް ޕޮރޮޖެކްޓް ލަނޑުދަނޑިތަކުގެ ތެރެއިން މައިގަނޑު އެއް ލަނޑުދަނޑިއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ކުރިމަގު ބައްޓަންކުރާނެ ހަރުދަނާ އީ-ލާރނިން ރޯޑްމެޕެއް ފަރުމާ ކުރުމެވެ. އެގޮތުން ކުރިއަށް އޮތް 5 އަހަރުތެރޭގައި ޤައުމީ ޔުނިވާރސިޓީގެ އީ ލާރނިންގ ތަރައްގީ ކުރުމަށް ކުރަންޖެހޭ ތަފާތު ކަންތައްތައް ބަޔާންކުރެވިފައިވާ ރޯޑްމެޕެއް މިހާރުވަނީ ތައްޔާރުކޮށް ހުށަހަޅާފައެވެ.
އީލާރނިންގ އިންފްރާސްޓްރަކްޗަރ ގާއިމް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުން
އެހެޑް ޕްރޮޖެކްޓް އިން ފަންޑް ކޮށްގެން ޤައުމީ ޔުނިވާރސިޓީ އިން މިހާރު ވަނީ އީ-ލާރނިންގ އިންފްރާސްޓްރަކްޗަރ އިތުރަށް ފުރިހަމަކޮށްތަރައްގީ ކުރުމަށް ބޭނުންވާ އީ-ލާރނިންގ ސްޓޫޑިއޯ އަދި އީ-ފެސިލިޓޭޝަން ކިލާސްތައް ތައްޔާރުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދާފައެވެ. އަދި މި ތަކެތި ހޯދުމުގައި ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދީފައިވަނީ "ދަ ފެކަލްޓީ އޮފް އޯރގަނައިޒޭޝަން އެންޑް އިންފޯރމެޓިކްސްއަދި "ކުރޮއޭޝިއަން އެކަޑެމިކް އެންޑް ރިސާރޗް ނެޓްވޯރކް" (ކާރނެޓް) ގެ ފަންނީ މާހިރުންނެވެ.
ހޭލުންތެރިކަން އިތުރުކުން
މަތީ ތަޢުލީމު ފޯރުކޮށް ދިނުމުގައި ދިވެހިރާއްޖޭގައި އީ-ލާރނިންގ ތަރައްގީކޮށް ކުރިއެރުވުމަށް ޤައުމީ ޔުނިވާރސިޓީގެ ޓީމް އެމެޑް ޕްރޮޖެކްގެ އެހެން ބައިވެރިންނާއި އެކު މިހާރު ދަނީ ތަފާތު ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިޕްރޮޖެކްޓްގެ ލަނޑުދަނޑިތައް ވަނީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕޮލިސީލެވެލް ބޭފުޅުންނާއި ވެސް ހިއްސާ ކުރެވިފައެވެ.
މި ޕްރޮޖެކްޓް ވިލަރެސްކޮށް ކުރިއަށް ގެންދިއުމުގައި އެންމެ އިސް ދައުރެއް އަދާ ކުރަނީ ދަފެކަލްޓީ އޮފް އޯރގަނައިޒޭޝަން އެންޑް އިންފޯރމެޓިކްސް އެންޑް ކުރޮއޭޝިއަން އެކަޑެމިކް އެންޑް ރިސާރޗް ނެޓްވޯރކް (ކުރޮއޭޝިއާ) އިންނެވެ.