އައްޑޫ ސިޓީ މީދޫގައި އިސްލާމިކް މިނިސްޓްރީން އިމާރާތްކުރަން ނިންމާފައިވާ މިސްކިތުގެ މަސައްކަތްކުރާނެ ބަޔަކު ހޯދަން ކުރިން ހުށަހެޅި ބީލަންތައް ބާތިލުކޮށް އަލުން ބީލަމަށް ހުޅުވާލައިފިއެވެ.
މިސްކިތް އިމާރާތްކުރަން ފުރަތަމަ ބީލަމަށް ހުޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެޕްރީލް މަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ އިރު، ރަޖިސްޓްރޭޝަން މިއަދުން ފެށިގެން އެޕްރީލް މަހުގެ 7ގެ ނިޔަލަށް ކުރިޔަށްގެންގެންދާނެއެވެ.
މިސްކިތް އިމާރާތްކުރުމުގެ މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 65،000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް އެ މިނިސްޓަރން ބުނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
މީދޫގައި އަލަށް ހަދަން ނިންމާފައިވަނީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.