ހުޅުމާލެޣޭ ބައެއް ތަންތަނުން މިރޭ ފެން ކެނޑޭނެކަމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިވްއެސްސީ) އިން ބުނެފިއެވެ.

އެމްޑަބްލިވްއެސްސީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހުޅުމާލޭގެ މެއިން ވޯޓަރ ނެޓްވޯކް އަޕްގްރޭޑިންގ މަސައްކަތެއް ކުރުމަށްޓަކައި، މިރޭ ހުޅުމާލެ ފޭސް އެކެއްގެ ބައެއް ތަންތަނުން ފެން ކެނޑިދާނެ ކަމަށެވެ.

ފެން ކެނޑިދާނެ ބެއެއް ސަރަހައްދުތައް އެމްޑަބްލިވްއެސީން ވަނީ ހާމަކޮށްފައެވެ.

ފެން ކެނޑޭނެކަމަށް އެކުންފުނިން ލަފާކޮށްފައި ވަނީ މިރޭ 23:00 އިން ފަތިހު 4:00 އަށެވެ.