ކުރިއަށް އޮތް ރަމަޟާން މަހު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ޚިދުމަތްދޭ ވަގުތުތަށް ހާމަކޮށްފިއެވެ.
ވެމްކޯއިން ބުނީ މި ރަމަޟާން މަހު އެކުންފުނިން ގޭބިސީތަކަށް ޚިދުމަތްދޭނީ ރޭގަނޑު 8:00 އިން މެންދަމު 12:00 އާއި ހަމައަށް ކަމަށެވެ.
ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށް ލިބޭނެ ކަމަށް ވެމްކޯއިން ބުނެއެވެ. އަދި، ހުކުރު ދުވަހު އެ ޚިދުމަތް ލިބޭނީ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް، އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
ހުކުރު ދުވަސް ފިޔަވައި އެހްނެ ދުވަސްތަކުގައި ކޮމަރޝަލް ކަލެކްޝަންގެ ޚިދުމަތް ދޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް، އަދި ރޭގަނޑު 10:00 އިން ފަތިހު 4:00 އަށް ކަމަށާއި، ހުކުރު ދުވަހު ކުނި ނަގާނީ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް އަދި، ރޭގަނޑު 10:00 އިން ފަތިހު 4:00 އަށް ކަމަށް ވެމްކޯއިން ބުނެއެވެ.
މީގެއިތުރުން، އެކުންފުނީގެ ކޯލް އެންޑް ޕިކް-އަޕް ސަރވިސް (ކެޕްސް)ގެ ޚިދުމަތް ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:00 އިން ދަނަވަރު 1:00 އަށް ލިބޭނެއެވެ. ހުކުރު ދުވަހު މި ހިދުމަތް ދޭނީ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ.
މި ގަޑިތަކަކީ ވެމްކޯއިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކުނި ނެގުމަށް ހަމަޖެހިފައިވާ ގަޑިތަކެވެ. ވެމްކޯއިން މިހާރު ކުނި ނަގަނީ އިރުއޮއްސި 6:00 ގެ ފަހުންނެވެ.