ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް 50 ޕަސެންޓް އިތުރު ޑޭޓާ ލިބޭފަދަ އޮފާތަކަކާއެކު، ދިރާގު ރޯދާ އޮފާތައް ތަޢާރަފްކޮށްފިއެވެ.
ދިރާގުން އިއްޔެ ތައާރަފްކުރި އޮފާތަކުގެ ތެރެއިން ރަމަޟާން މަހު ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ރެޒިޑެންޝަލް ކަސްޓަމަރުންނަށް 50 ޕަސެންޓު ޑާޓާ މި މަހުގެ ނިޔަލަށް ލިބިގެންދާނެއެވެ.
ދިރާގުގެ މެނޭޖަރ ކޮންސިއުމާ ޖަނާ އިބްރާހިމް ވިދާޅުވީ ރޯދަ މަސް ތެރޭގައި ދީނީ ޕްރޮގްރާމްތަކާއި، އެންޓަޓެއިންމެންޓް ޕްރޮގްރާމްތައް ފަދަ ޕްރޮގްރާމްތައް އިންޓަނެޓުން ބެލުން އިތުރުވެގެންދާތީ، މިއީ ހުރިހާ ކަސްޓަމަރުންނަށް ވެސް އޭގެ މަންފާ ކުރާނެ ކަމެއް ކަމަށެވެ.
ފައިބާ ކަސްޓަމަރުންގެ އިތުރުން މޯބައިލް ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ވެސް ތަޢާރަފްކޮށްފައިވެއެވެ. އެގޭތެރޭގައި ދިރާގު މޯބައިލް އެޕުން ޑާޓާ ހަދިޔާކުރުމުން 100 ޕަސެންޓު އިތުރު ޑާޓާ ލިބޭނެއެވެ. އަދި ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ހަފްތާ ބަންދެއްގައި ހިލޭ ދެ ޖީބީ ޑޭޓާ ލިބޭނެއެވެ. މީގެ އިތުރުން އަމިއްލަ ވޮއިސް ޕްލަސް ޕްލޭނުން 50 ޕަސެންޓް ޑިސްކައުންޓު ލިބޭނެ ކަމަށްވެސް ދިރާގުން ބުނެއެވެ.
އަދި ރޯދަ މަހަކީ ޓީވީ ބެލުން އިތުރު މަހަކަށް ވާތީ، ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ވެސް ތައާރަފްކޮށްފައިވެއެވެ. މިގޮތުން މިހާރުގެ ކަސްޓަމަރުންނަށް އިތުރު ޗާޖަކާ ނުލާ އިތުރު ޗެނަލްތައް ހިލޭ ބެލޭނެކަމަށް ވެސް ދިރާގުން ބުނެއެވެ.
އަދި "ގޯލްޑް ޕެކް" ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަސް ފަރާތަކަށް ރޯދަ ވީއްލުމުގެ ޕެކޭޖެއް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. .