ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ، އަނިޔާއެއް ދިނުމާއި ބިރުދެއްކުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ކޯޓުން ނެރުނު އަމުރަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ އަމުރާ ގުޅިގެން ހޯދަމުން ދަނީ، އުމުރުން ސ. ހިތަދޫއަށް އުފަން އުމުރުން 31 އަހަރުގެ އައްޒާ މުބާރިކް މުހައްމަދު ކަމަށެވެ.

މުބާރިކް މުހައްމަދު ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ އަނިޔާއެއް ދިނުމާއި ބިރުދެއްކުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށެވެ. އެހެންކަމުން ބަންދުގައި ބަހައްޓައިގެން މާދަމާގެ 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓަށް ގުޅައިގެން ހިއްސާކުރުމަށް ފުލުހުން އެދެއެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މާދަމާ ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދާއިރު މިމަހުގެ 6 ވަނަ ދުވަހުވެސް ބަނދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ވަނީ މީހަކު ހޯދާ ކަމަށް އިއުލާން ކޮށްފައެވެ.

އެމީހާއަކީވެސް ތޫނު އެއްޗަކުން ހަމަލާ ދީ މާރާމާރި ހިންގި މައްސަލައެއްގައި ކޯޓަށް ހާޒިރުކުރަން ކޯޓުން އަމުރު ނެރެފައިވާ މީހެކެވެ.