މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް އަދާލަތު ޕާޓީގެ މެމްބަރު މަރިޔަމް ޝިމާޒާ އިންތިހާބުވެޖެއެވެ.

މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެމްބަރު ޝިމާޒާ އެ މަގާމަށް އިންތިޚާބުވެފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި އެމްޑީޕީގެ މެމްބަރު ފާތިމަތު ޝިފާ މިދިޔަ މަހުގެ 15 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުން އެ މަގާމަށް އާ ބޭފުޅަކު އިންތިހާބުކުރުމަށް ނެގި ވޯޓުގައެވެ.

އަދާލަތު ޕާޓީގެ މެމްބަރު ޝިމާޒާގެ އިތުރުން ރައީސްކަމަށް ވާދަކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ރަޝީދާ ރަޝާދުއެވެ.

ރަޝީދާ ނާކާމިޔާބުވީ އޭނާއަށް ވޯޓުދިނުމަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށެވެ. ރަޝީދާއަށް ލިބުނީ ހަ ވޯޓެވެ. އަދި ތިން ވޯޓުގެ ތަފާތާއެކު ޝިމަޒާއަށް ލިބުނީ ނުވަ ވޯޓެވެ. ބާތިލު އެއް ވޯޓާއެކު ވޯޓުގައި ބައިވެރިވީ ޖުމުލަ 17 މީހުންނެވެ.

މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގައި މިހާރު ތިއްބެވީ ޖުމުލަ 17 މެމްބަރުންނެވެ. އޭގެތެރޭގައި އެމްޑީޕީގެ 12 މެމްބަރާއި އިދިކޮޅު ޕީޕީއެމްގެ މެންބަރަކާއި އެމްރާއުއެމްގެ މެންބަރަކާއި އަދާލަތު ޕާޓީގެ މެންބަރެއްގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތްނުވާ ދެ މެންބަރެކެވެ.