ރަމަޟާން މަހަކީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުގެ އުދުވާނުތަކާއި، ފުރައްސާރަ ކުރުންތައް ދިމާވާ މައްސަރެވެ. ޣައްޒާގެ އިތުރުން، ހިފާފައިވާ ހުޅަނގު އައްސޭރިއާއި، ގުދުސްއާއި ފަލަސްތީނުގެ އެހެން ރަސްތަކުގައިވެސް ފަލަސްތީނު ރައްޔިތުން ރަމަޟާންމަހު ރޯދަ ހިފަކީ ވަރަށް ދަތި ހާލުގައެވެ.

ރަމަޟާންމަހުގެ ފުރަތަމަ ދުވަހު އިސްރާއީލުގެ އުދުވާނީ ސިފައިން ފަލަސްތީނުގެ 3 ޒުވާނުން ޝަހީދު ކޮށްލާފައި ވާއިރު، ރޯދަމަސް ފެށުނު ފަހުން މިހާތަނަށް ފަލަސްތީނުގެ 33 ޒުވާނުން ހައްޔަރު ކޮށްފައި ވެއެވެ. އަދި ފަލަސްތީނުގެ ބައެއް އާއިލާތަކުގެ ގެތައް ތަޅައި ބިމާ ހަމަކޮށްފައިވާއިރު، ހުޅަނގު އައްސޭރީގެ އެކި ރަށްތަކުގައި ފަލަސްތީނު ރައްޔިތުންގެ ދެކޮޅުވެރިކަން އިސްރާއީލަށް ކުރިމަތިވަމުންވެސް ދެއެވެ.

ހިފާފައިވާ ހުޅަނގު އައްސޭރިއާ ޚިލާފަށް ޣައްޒާ ފެންނަނީ ތަންކޮޅެއް އަމާންކޮށް ރަމަޟާންމަހުގެ ކަންކަން ކުރިއަށްދާ ތަނެވެ. އިސްރާއީލުން ޣައްޒާ ވަށައިގެން ހިސާރުކޮށްފައި އޮތްނަމަވެސް، ޣައްޒާގެ އެތެރޭގައި އިސްރާއީލު ސިފައިންގެ ދުއްތުރާތަކެއް ކުރިމައްޗެއް ނުވެއެވެ.

ތިރީގައި މިވަނީ މި ރަޟާންމަހު ފަލަސްތީނުގެ ބައެއް ހިސާބުތަކުގެ ހަރަކާތްތައް ފެންނަ ފޮޓޯތަކެވެ.

މަސްޖިދުލް އަގްސާގެ ގޯތިތެރޭގައި ރޯދަ ވީއްލުމަށް ތައްޔާރުވެފައި:
ޣައްޒާގެ މިސްކިތެއްގައި ތަރާވީސް ނަމާދުކުރަނީ:
ޣައްޒާގެ މިސްކިތެއްގައި ތަރާވީސް ނަމާދުކުރަނީ:
ޣައްޒާގެ މަގެއް:
ޣައްޒާގެ މަގެއް:
ޣައްޒާގެ މަގެއް:
ޣައްޒާގެ މަގެއް:
ޣައްޒާގެ އެހީދޭ ޖަމާއަތަކުން ރޯދަވީއްލުން ތައްޔާރުކުރަނީ:
ޣައްޒާގެ މަގެއް:
ޣައްޒާގެ މަގެއް:
ޣައްޒާގެ މަގެއް:
މަޖިދުލް އަގްސާގެ ގޯތިތެރޭގައި ރޯދަ ވީއްލަން ތައްޔާރުވެފައި:
ޣައްޒާގެ މަގެއް:
ހަބްރޫންގެ މަގެއް:
ހަބްރޫންގެ މަގެއް:
މަސްޖިދުލް އަގްސާގެ ގޯތިތެރޭގައި ރޯދަ ވީއްލުމަށް ތައްޔާރުވެފައި: