ވިލާ ގޭސް މޯބައިލް އެޕް މެދުވެރިކޮށް، ފަސޭހަކަމާއެކު ގޭހަށް އޯޑަރު ކުރެވޭގޮތް ހަދައިފިއެވެ.

ވިލާ ގޭސް ބޭނުންކުރާ ވިލާ ހަކަތައިގެ ކަސްޓަމަރުންނަށް ލިންކު މެދުވެރިކޮށް ގޭސް މޯބައިލް އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ ކަމަށް ވިލާ ހަކަތައިން ބުނެއެވެ.

ވިލާ ހަކަތައިން ބުނީ، ވިލާ ގޭސް މޯބައިލް އެޕްލިކޭޝަން ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންނަށް އެކައުންޓްގެ މައުލޫމާތާއި ޕޭމަންޓް ހިސްޓްރީ ވެސް ފެންނާނެ ގޮތަށް ކަމަށާއި އަދި ގޭސްފުޅި ގުޅުމަށް ބޭނުންވާ އާލާތްތައްވެސް އެޕް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށެވެ.

ވިލާ ގޭހަކީ ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑްގެ ރީޓެއިލް ބްރޭންޑެކެވެ. ވިލާ ގޭސް އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އެލް.ޕީ.ޖީގެ ހިދުމަތް ދެމުން އައި ކުންފުންޏަށް ވާއިރު މި ބްރޭންޑްގެ އެންމެ ބޮޑު މަގުސަދަކީ ސާފު ކުކިން ފިއުލް މާކެޓަށް ފޯރުކޮށްދިނުމެވެ.

ރާއްޖޭގެ އެންމެ ބޮޑު އެލް.ޕީ.ޖީ ސްޓޯރޭޖް ފެސިލިޓީއާއި ޑެޑިކޭޓެޑް ޓީމެއް ހިމެނޭ ވަރުގަދަ އިންފްރާސްޓްރަކްޗަރއަކާއެކު، ވިލާ ގޭސް ވެގެން ގޮސްފައިވަނީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އަދި އިތުބާރުކުރެވޭ ބްރޭންޑަށެވެ.

ވިލާ ގޭސް ވިއްކަނީ ވިލާ ޓްރޭޑިންގެ ބްރާންޗެއް ކަމަށް ވާ ވިލާ ހަކަތައިންނެވެ. ވިލާ ހަކަތަ އަކީ ރާއްޖޭގައި ހަކަތަ (އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގެއޮއިލް)، ސިމެންތި އަދި ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ވިޔަފާރި ކުރާ ބޮޑު ވިޔަފާރިއެކެވެ. ވިލާ ހަކަތަ އަކީ 2003 ވަނަ އަހަރު އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގޭސް އޮއިލް (އެމްޖީއޯ) އަދި ސިމެންތި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެވެ.