ތިރީގައި މިވަނީ، މި ރަމަޟާންމަހުގެ ދުވަސްތައް، ދުނިޔޭގެ ބައެއް ގައުމުތަކުގެ މުސްލިމުން ހޭދަކުރަމުންދާ ގޮތުގެ މަންޒަރު ފެންނަ ފޮޓޯތަކެވެ.

އިސްލާމީ އުންމަތުގެ ގިނަ ގައުމުތަކުގެ މުސްލިމުން އުފަލާއި ހިތްހަމަ ޖެހުމާއެކު ރަމަޟާންމަހުގެ ރޯދަ ހިފަމުންދާއިރު، ދުނިޔޭގެ ބައެއް ގައުމުގެ މުސްލިމުން ރޯދަ ހިފަމުންދަނީ ވަރަށް ހިތްދަތި ހާލެއްގައި ތިބެއެވެ. ފަގީރު ހާލުގެ ސަބަބުން ދުނިޔޭގެ ބައެއް ގައުމުތަކުގެ މުސްލިމުން ރަމަޟާންމަހުގެ ރޯދަ ހިފުމަށް ބަރޯސާވެގެންތިބީ އިސްލާމީ ތަނަވަސް ގައުމުތަކަށެވެ.

ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭ ސޫރިޔާގެ އާއިލާއެއް ރޯދަ ވީއްލަނީ:
ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭ ސޫރިޔާގެ، އުމުރުން ދުވަސްވީ މީހަކު ރޯދަވީއްލަން ކާއެއްޗެއް ރޯފިލުވަނީ:
ސޫދާނުގެ މިސްކިތެއްގެ ކައިރީގައި ލޯފަން ބަޔަކު ރޯދަ ވީއްލަނީ:
ޕާކިސްތާނުގެ ކަރާޗީގެ މިސްކިތެއްގައި ކުޑަ ދެކުދިން ރޯދަ ވީއްލަނީ:
ހަނގުރާމައެއްގެ ތެރޭގައި މިވަގުތުއޮތް ޔޫކްރެއިން ސިފައިންގެ ތެރޭގައި ހިމެނޭ މުސްލިމް ސިފައިންގެ ބަޔަކު ރޯދަ ވީއްލައިގެން މަޣުރިބް ނަމާދުކުރަނީ:
ސައުދީ އަރަބިއްޔާގެ މަންޒަރެއް:
މަސްޖިދުލް އަގްސާގެ ހަރިންމަތެރޭގައި ފަލަސްތީނުގެ އާއިލާތައް ރޯދަ ވީއްލަނީ:
މަސްޖިދުލް އަގްސާގެ ހަރިންމަތެރޭގައި ފަލަސްތީނުގެ އާއިލާއެއް ރޯދަ ވީއްލަނީ: