ދިރާގު ޓީވީން ކުރިއަށް ގެންދިޔަ "ސަބްސްކްރައިބް އެންޑް ވިން" ޕްރޮމޯޝަންގެ ނަސީބުވެރިންގެ ނަންތައް އިއުލާނުކޮށް، އިނާމު ހަވާލުކޮށްފިއެވެ.
މި ޕްރޮމޯޝަނަކީ ދިރާގު ޓީވީގެ އެކި ޕެކޭޖުތަކަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް ތަފާތު އިނާމުތަކެއް ލިބިގެންދާ ގޮތަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. އެގޮތުން ގޯލްޑް ޕެކޭޖަށް ސަބްސްކްރައިބް ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް، ސޭމްސަންގް ބްރޭންޑުގެ ޒީ ފޯލްޑް 3، ގެ ފޯނެއް ލިބެއެވެ. މި ފޯނު ލިބިފައިވަނީ، ގޯލްޑް ޕެކޭޖަށް ސަބްސްކްރައިބް ކުރި އަލީ އަބްދުލް ސަމަދު އެވެ.
މީގެއިތުރުން ދިރާގު ޓީވީގެ ސްޓާޓަރ، ބޭސިކް ނުވަތަ ގޯލްޑް ޕެކޭޖަށް ސަބްސްކްރައިބް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 10 ފަރާތަކަށް، އެ ކަސްޓަމަރަކު ބޭނުންވާ ޕެކޭޖެއް އިޚްތިޔާރު ކުުރުމަށްފަހު، 6 މަސްދުވަސް ވަންދެން ދިރާގު ޓީވީގެ ޚިދުމަތް ހިލޭ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި 10 ކަސްޓަމަރުންނަކީ:
- އައިމިނަތު ޝާތިރާ
- މުހައްމަދު ސައުފާން
- އަހްމަދު ނަޖީބް
- އިބްރާހިމް ޒަމީރު
- ފާތިމަތު ސަނާ
- މޫސާ މަނިކުފާނު
- އަހްމަދު ސުޖަން
- އަހްމަދު ޚަލީލް
- ސަމީރު އަހްމަދު
- އަހްމަދު ރަޝީދު
އެންމެ މަގުބޫލު ޓީވީ ޗެނަލްތައް އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭ ދިރާގު ޓީވީ އަށް ސަބްސްކްރައިބް ކޮށްލުމުން، އެއް ތާކުން ގިނަ ޗެނަލްތަކެއް ލިބިގެންދާނެއެވެ. އެގޮތުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ.
ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯރޓްސް ޗެނަލްތައް، ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯރކް، ސްޓަރ ގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ. ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ %82 ގޭބިސީއަށް މިހާރު ދިރާގުޓީވީ ޚިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.
ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.