މިދިޔަ މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރި ވިވްކެ އަގްނިހޯތްރީގެ ފިލްމު "ދަ ކަޝްމީރީ ފައިލްސް" ގެ ކާމިޔާބީއަށްފަހު އޭނާ އިތުރު ފީޗަރ ފިލްމަކަށް ތައްޔާރުވެއްޖެއެވެ.
މިފަހަރު ލިޔުންތެރިޔާ އަދި ކާމިޔާބު ޑައިރެކްޓަރުގެ މިސްރާބުހުރީ "ދަ ދެއްލީ ފައިލްސް" ގެ ނަމުގައި ފިލްމެއް އުފެއްދުމަށެވެ.
ފިލްމު "ދަ ކަޝްމީރީ ފައިލްސް" އަށް ލިބެމުން އަންނަ ތަރުހީބާ ގުޅުވައިގެން ފިލްމުގެ ކްރޫއަށް ޝުކުރު އަދާކުރުމުގެ ގޮތުން ޑައިރެކްޓަރ ވިވެކްގެ އަމިއްލަ ޓްވިޓަރގައި އިއްޔެވަނީ ވަރަށް ހާއްސަ މެސެޖެއް ޕޯސްޓުކޮށްފައެވެ. އެމެސެޖްގައި ވިވެކް ބުނެފައިވަނީ ފިލްމު "ދަ ކަޝްމީރީ ފައިލްސް" އަކީ 4 އަހަރު ދުވަހުގެ ބުރަ މަސައްކަތެކެވެ.
ފިލްމު ބަލާފައި ގިނަ ބަޔަކު ޖަޒުބާތުގައި ޖެހުނުނަމަވެސް އޭނާ މަސައްކަތް ކޮށްފައިވަނީ އިންޑިއާގެ ކަޝްމީރުގައި ދިރިއުޅުނު ހިންދޫ ކަޝްމީރީން އޭރު ތަހައްމަލުކުރި ހިތި ދިރިއުޅުން ފޮރުވުމެއްނެތި އާއްމުންނަށް ގެނެސްދިނުމަށް ކަމަށްވެސް ވިވެކްކުރި ޓްވީޓްގައި އޭނާ ބުނެފައިވެއެވެ.
މިމެސެޖާއެކު ވިވްކެ ދިނީ އިތުރު އުފާވެރި ޚަބަރެކެވެ. އެއީ މިވަގުތަކީ އަނެއްކާވެސް އިތުރު ފިލްމަކަށް ތައްޔާރުވާންވީ ވަގުތުކަމަށް އޭނާވަނީ ބުނެފައެވެ. އެއަށްފަހު ދޫކޮށްފައިވާ ހޭޝް ޓެގްގައިވަނީ "ދަ ޑެއްލީ ފައިލްސް" އެވެ.
އާއްމުންގެ ގިނަ ބަޔަކަށް އޭނާގެ ކުރިޔަށް އޮތް ފިލްމުގެ ނަން ފާސްކުރުމަށް ދޫކޮށްލުމާއެކު ގިނަ ބަޔަކު ނިންމާފައިވަނީ ވިވްކެގެ ކުރިޔަށް އޮތް ފިލްމުގެ ނަމަކީ "ދަ ޑެއްލީ ފައިލްސް" ކަމަށެވެ. އެހެންކަމުން "ދަ ޑެއްލީ ފައިލްސް" ގެ މާބޮޑު ހަގީގަތެއް އަދި ނޭނގެއެވެ.
މިހާތަނަށް ވިވެކް ގެނެސްދީފައިވާ ކޮންމެ ފިލްމަކީވެސް ބެލުންތެރިންގެ ސަމާލުކަން ހޯދާފައިވާ ފިލްމުތަކެކެވެ. އޭގެތެރޭގައި އޭނާއަށް ނޭޝަނަލް އެވޯޑް ހޯދައިދިން "ދަ ތަޝްކެންތް ފައިލްސް" ފާހަގަކޮށްލެވެއެވެ. މިފިލްމަކީ 2019 ވަނަ އަހަރު ރިލީޒްވި ފިލްމެކެވެ.
މިފިލްމަކީ، އިންޑިއާގެ 2 ވަނަ ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވި ލާލް ބަހާދުރް ޝާސްތްރީގެ މަރާއި ގުޅުވައިގެން ގެނެސްދިން ތްރިލަރ ފިލްމެކެވެ. މިފިލްމަށްވެސް ގިނަ ބައެއްގެ ނުރުހުން އަމާޒުވިއިރު ފިލްމަށްވަނީ 2 ނޭޝަނަލަ އެވޯޑް ލިބިފައެވެ.
ފިލްމު "ކަޝްމީރީ ފައިލްސް" ރިލީޒްވުމާއެކުވެސް ގިނަ ބައެއްގެ ނުރުހުން ވިވެކްއަށްވަނީ އަމާޒުވެފައެވެ. ހާއްސަކޮށް ސިޔާސީ ލީޑަރުންގެ ނުރުހުން އޭނާއަށާއި ފިލްމު ކްރޫއަށް އަމާޒުވެ ބޮޑު ބަހުސެއްގެތެރެއަށް ފިލްމު ވެއްޓުނުއިރު ފިލްމާ އެއްކޮޅަށް ގިނަ ބަޔަކު ވާހަކަ ދެއްކިކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
ފިލްމާ ގުޅޭގޮތުން ސުވާލުކުރުމުން ފާޅުގައި ފިލްމަށް ސަޕޯޓްކޮށް ވާހަކަދެއްކި އެކްޓަރުންގެ ތެރޭގައި ހިންދީ އެކްޓަރު އާމިރު ޚާން، ބަތަލާ ގޯހަރް ޚާން ހިމެނެއެވެ.
މިފިލްމުގައި ފެނިގެންދިޔަ މުހިއްމު ތަރިންގެތެރޭގައި، އެކްޓަރު އަނޫޕަމް ޚޭރް، ޕައްލަވީ ޖޯޝީ، މިތުން ޗަކްރަބޮތީ އަދި ދަރްޝަން ކުމާރު ހިމެނެއެވެ.