އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ކަސްޓަމަރުންނަށް ތަފާތު ޑިޖިޓަލް ތަޖުރިބާތައް ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެގޮތުން، އޮގްމެންޓެޑް ރިއަލިޓީ (އޭއާރް) ޓެކްނޮލޮޖީއަށް އަހުލުވެރިކުރުމުގެ މަގްސަދުގައި ދުނިޔޭގެ މަޝްހޫރު ކެމެރާ ކުންފުންޏެއް ކަމަށްވާ ސްނެޕްޗެޓް އާ އެކު ޕާޓްނާޝިޕް އިއުލާނުކޮށްފިއެވެ.

މިއީ ރާއްޖޭގެ ކަސްޓަމަރުންނަށް ތަފާތު ޑިޖިޓަލް ތަޖުރިބާތައް ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެގޮތުން، އޮގްމެންޓެޑް ރިއަލިޓީ ޓެކްނޮލޮޖީއަށް އަހުލުވެރިކުރުމުގެ މަގްސަދުގައި ވެވުނު ޕާޓްނަރޝިޕެކެވެ.

މި ޕަރޓްނަޝިޕްގެ ދަށުން، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަފާތު ސަގާފަތް ދުނިޔޭގެ ކަސްޓަމަރުންނަށް އިޝްތިހާރު ކުރުމަށް ސްނެޕްޗެޓް ލެންސް އަދި ރާއްޖެއަށް ހާއްސަ ޖިއޯފިލްޓަރއެއް ތަޢާރަފްކޮށްފައިވެއެވެ.

އުރީދޫ އިން ބުނީ މި ފިލްޓަރ އަދި ލެންސް ލޯންޗްކޮށްފައިވަނީ ރާއްޖެ ޕްރޮމޯޓްކުރުމަށް އުރީދޫއިން ހިންގާ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕެއިންގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާވެސް ގުޅިގެންކަމަށެވެ.

ސްނެޕްޗެޓްއަކީ އާއިލާ އާއި ރައްޓެހިންނާ ޑިޖިޓަލްކޮށް ގުޅުން ބަދަހިކޮށްލުމަށް މަޖާ ޕްލެޓްފޯމެކެވެ. އޭއާރް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ މަޖާ އަދި ހިތްގައިމް ފިލްޓަރ އަދި ފްރޭމްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މަގުބޫލު އެއްޗެކެވެ. އަދި ސްނެޕްޗެޓްގެ މަޖާ އާއި ބޭނުންތެރިކަން ތަޖުރިބާކޮށްލުމަށް، އުރީދޫ އިން ވަނީ ކޮންމެ ދުވަހަކަށް، ހަފްތާއަކަށް، އަދި މުޅި މަހަށް ހާއްސަ ސްނެޕްޗެޓް ޑޭޓާ ޕެކްތަކެއްވެސް ތައާރަފްކޮށްފައެވެ.

ފޮޓޯ: އުރީދޫ

މީގެ އިތުރުން އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތަށް 2 ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭ 3 މަސް ދުވަހުގެ ޕްރޮމޯޝަނެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. އަދި ހިލޭ ޑޭޓާ ހޯދުމަށް ކަސްޓަމަރުންނަށް *929*1# އަށް ގުޅައިގެން ނުވަތަ "އެސްއެންޕީއެ" ޖައްސަވާފަ 5555 އަށް އެސްއެމްއެސް އެއް ފޮނުވާލުމުން އެކްޓިވޭޓްވެގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

ފޮޓޯ: އުރީދޫ

މި ރަސްމިޔާތުގައި ވަހަކަދަށްކަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު ޙަސަން އަލް-ހަމާދީ ވިދާޅުވީ މި ޕާޓްނަރޝިޕްގެ މަގްސަދަކީ ކަސްޓަމަރުންނަށް އީޖާދީ ތަޖުރިބާތައް ހޯދައިދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރައްޔިތުންނާއި ވިޔަފާރިތައް އޭއާރް ޓެކްނޮލޮޖީއަށް އަހުލުވެރި ކުރުވުން ކަމަށެވެ. އަދި މި ޓެކްނޮލޮޖީގެ ފުރިހަމަ މަންފާހޯދުމަށް ހިތްވަރުދިނުން ކަމަށެވެ.

ސްނެޕްޗެޓްގެ ކުރިއަރާފައިވާ ޕްލެޓްފޯމް އަދި ޓޫލްސްތައް ބޭނުންކޮށްގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް އަޅުގަނޑުމެން މިއަދު މި އިފްތިތާހު ކުރި އައު އޭއާރް ލެންސާއި ޖިއޯފިލްޓަރ ފަދަ ގޮތްގޮތުން އަޅުގަނޑުމެންގެ ރީތި ގައުމު ދުނިޔޭގެ މުޖުތަމައުތަކަށް އިޝްތިހާރުކޮށް، ޕްރޮމޯޓްކުރެވޭނެ."
ޚާލިދު ޙަސަން އަލް-ހަމާދީ

މި ޕާޓްނަރޝިޕާއި ގުޅިގެން ސްނެޕްޗެޓްގެ ގްލޯބަލް ކެރިއަރ ޕާޓްނަރޝިޕްސް މެނޭޖަރ، ބަޝީރުލް ބޯމެޑައިން ވިދާޅުވީ "އުރީދޫއާއެކު" ގާއިމް ކުރެވުނު ޕަރޓްނަރޝިޕާއިއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ކަމެއް ގެނައުމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިފަދަ ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކުގެ ތެރެއިން އޭއާރ ބޭނުންކުރުމުގެ ގާބިލުކަން ޑިމޮކްރަޓައިޒްކޮށް ހިދުމަތް ފުޅާވެގެންދިއުމަކީ އުއްމީދެއް ކަމަށެވެ.

އަޅުގަނޑުމެންގެ ކުންފުނި، އަދި އަޅުގަނޑުމެންގެ އެޕް ގެ ހާއްސަކަމަކީ އަކީ އޭއާރް އަދި ކެމެރާ. އަޅުގަނޑުމެން ގަބޫލް ކުރާގޮތުގައި މި ޓެކްނޮލޮޖީ ގެ ސަބަބުން ދިރިއުޅުން ކުރިއެރުވުމަށާއި، ދަސްކުރުމާއި، އެކްސްޕްލޯކުރުމާއި، ވިޔަފާރި ކުރުމާއި، އާޓް ހެދުމާއި، މިނޫންވެސް އެތައް ކަމެއް ކުރުމަށް ހީވެސް ނުކުރާފަދަ ކަންތައްތަކެއް ކުރެވިދާނެ. ސްނެޕްގައި އަޅުގަނޑުމެންގެ ވިސްނުމަކީ އޭއާރް އަކީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭހާ ފަސޭހަ، ބޭނުންތެރި އަދި ޕްރެކްޓިކަލް އެއްޗަކަށް ހެދުން."
ބަޝީރުލް ބޯމެޑައިން

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފާހަގަކުރާއިރު، އަލަށް ތައާރަފްކުރި ފިލްޓަރ އަދި ފްރޭމް ވެގެންދާނީ ރާއްޖެއާއި ރާއްޖޭގެ ސަގާފަތް އިޝްތިހާރުކުރުމަށް ލިބޭ އިތުރު ފުރިހަމަކަމެއްގެ ގޮތުގައި ކަަމަށް އުރީދޫއިން ބުނެއެވެ.

ފޮޓޯ: އުރީދޫ

"ހެލޯ ފްރޮމް ދަ ސަނީސައިޑް" ޖިއޯފިލްޓަރ ފަރުމާކޮށްފައިވަނީ ކަދުރު ރުއްތަކާއި ހުދު ކުލައިގެ ވެލި ގޮނޑުދޮށްތައް ފަދަ ގުދުރަތީ ރީތިކަން ދައްކުވައިދޭ އެލެމެންޓްތައް ހިމަނައިގެންކަމަށްވާއިރު، ރާއްޖެއަށް ހާއްސަކޮށްފައިވާ އާ އޭއާރް ލެންސްގައި ދައްކުވައިދެނީ ރާއްޖޭގެ އަންހެނުންނާއި ފިރިހެނުންގެ ތަފާތު ސަގާފީ ފޭރާމެވެ.

އޭއާރް ބޭނުންކުރާ މިންވަރު މުޅި ދުނިޔޭގައި ވެސް އިތުރުވަމުން ދާއިރު، ސްނެޕްޗެޓް ގެ ޑޭޓާއަށް ބަލާއިން 6 ބިލިއަނަށް ވުރެ ގިނަ އޭއާރް ލެންސް ބޭނުން ކުރާ ސެންޕްޗެޓަރުން އެބަ ތިއްބެވެ. އަދި ދުވާލަކު 200 މިލިއަނަށް ވުރެ ގިނަ މީހުން އޭއާރް އާ އެކު މުއާމަލާތް ކުރެއެވެ.

އުރީދޫއިން ބުނީ ސްނެޕްޗެޓް އާއި އެކު އެ ކުންފުނިން ޕާޓްނަރޝިޕްގެ ސަބަބުން ކަސްޓަމަރުންނާއި ވިޔަފާރިތަކަށް އީޖާދީ ކޮންޓެންޓް ތައްޔާރު ކުރުމުގެ ފުރުސަތުތައް ހުޅުވިގެންދާނެއެވެ. އަދި މިފަދަ އިންޓަނޭޝަނަލް ޕާޓްނަރޝިޕްތައް މެދުވެރިކޮށް، ތަފާތު އީޖާދީ ޑިޖިޓަލް އުފެއްދުންތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ވެސް އުރީދޫ އިން ދެއެވެ.