ރަމަޟާންމަހުގެ 27 ވިލޭ ރެއާ ދިމާކޮށް 250،000 އަށްވުރެ ގިނަ މުސްލިމުން ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާއަށް ޖަމާވެފައިވާ ކަމަށް ފަލަސްތީނުން ބުނެފިއެވެ.

އަގްސާއަށް ޖަމާވެފައިވާ މުސްލިމުންގެ ތެރޭގައި، ގުދުސްގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ އިތުރުން، ހުޅަނގު އައްސޭރީގެ އެކި ރަށްތަކުން އައި ފަލަސްތީނު ރައްޔިތުންނާއި، ގައުމުން ބޭރުން އައި ފަލަސްތީނު ރައްޔިތުންގެ އިތުރުން، ދުނިޔޭގެ އެކި ގައުމުތަކުން ދުރާލާ ދަތުރު ހަދައިގެން ފަލަސްތީނަށް ގޮސްފައިވާ މުސްލިމުންވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަތާވީސް ވިލޭރޭގެ އިޝާ ނަމާދާއި، ތަރާވީސް ނަމާދު އަދި ދަމު ނަމާދަށް ޖަމާވެފައިވާ މީހުންނާއިގެން އަގްސާ މިސްކިތާއި، މިސްކިތުގެ ހަރިންމަ ތެރެއާއި، ކައިރީގައި ހުރި މައިދާންތައްވެސް ފުރި ބާރުވެފައި ވެއެވެ.

ތިރީގައި މިވަނީ އަގްސާ މިސްކިތުގައި މިރޭ ކުރެވުނު އިޝާ ނަމާދާއި ތަރާވީސް ނަމާދު އަދި އަގްސާ މިސްކިތުގެ އެތެރެއިން މިއަދު ނަގާފައިވާ ބައެއް ފޮޓޯތަކެވެ.

މަސްޖިދުލް އަގްސާގެ ހަރިންމަތެރެ:
މަސްޖިދުލް އަގްސާގެ ހަރިންމަތެރެ:
މަސްޖިދުލް އަގްސާގެ ހަރިންމަތެރެ:
މަސްޖިދުލް އަގްސާގެ ހަރިންމަތެރެ:
މަސްޖިދުލް އަގްސާގެ ހަރިންމަތެރޭގައި ހުންނަ އަލް ޤިބްލި މިސްކިތުގައި ބަޔަކު ޤުރުއާން ކިޔަވަނީ: