ރަނގަޅު ފެންވަރުގައި އެންމެ މަގެއް ހެދުމުން، ދެންވީ ސަނާކިޔަން ތިބެން ތޯއެވެ. ކޮންމެ ވެރިކަމެއްގައިވެސް އައްޑޫ ތަރައްގީކުރުމަށް އެއްވެސް ބަޔަކު މަސައްކަތްނުކުރާ ވާހަކައަކީ މެދުކެނޑުމެއްނެތި އިވޭ އަޑުތަކެވެ. އައްޑޫއަކީ ހަމައެކަނި އިންތިހާބުތަކާ ދިމާކޮށް ވޯޓަށް އޮންނަތަނެއްގެ ގޮތުގައި ސިޔާސީ ފަރާތްތަކުން ބުނާ ވާހަކައަކީ މިހާރު އަޑުއިވިއިވި ބާވެފައިވާ ވާހަކަތަކެވެ.
މި ވާހަކަތަކަށް އެންމެ ބޮޑު ބާރެއް ލިބޭ އެއް ހެއްކަކީ ރާއްޖޭގެ އެހެން އަތޮޅުތަކަށް އައިސްފައިވާ ތަރައްގީއާއި އަޅާ ބަލާއިރު އައްޑޫސިޓީ ހުޅުދޫ އަދި މީދޫއަށް، "ހައްގުވާ" ތަރައްގީގެ ކަންފުޅެއްވެސް އައިސްފައި ނެތުމެވެ. މީގެ އެއް އަހަރު ކުރިޔެއެކޭ މިއަދެކޭ އެއްވެސް ތަފާތެނެތެވެ. އެއްމެ މަގެއް ހެދުމުން އަޅުގަނޑުމެން ރައްޔިތުން މި ތިބެނީ ސަނާކިޔާށެވެ. ހަމަ ހަގީގަތުގައިވެސް ހުޅުދޫ މިދޫއަކީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި އަޅާ ބަލާއިރު ސިޓީ ކައުންސިލުންވެސް އެންމެ އަޅާނުލެވި ދޫކޮށްލާފައިވާ ދެ އަވަށޭ ބުންޏަސް ދޮގަކައް ނުވާނެއެވެ.
ސިއްހީ ފަރުވާއިން ފެށިގެން ޒަރޫރީ ބޭނުންތައް ފުއްދުމަށްވެސް މި ދެ ރަށުގެ ރައްޔަތުން ސަލާން ޖަހަމުން އަންނައިރު އަބަދުވެސް މި ކަންތައްތަކަށް އެދެވޭ ހައްލެއް ލިބިފައިނެތީ ސިޓީ ކައުންސިލުން ދޭންޖެހޭ އެއްބާރުލުން ނުލިބިގެން ކަމުގައި ބުނާ އަޑުއިވެއެވެ. ވެލި މަގަށް ފަސްކޮޅެއް އަޅާ އެއްވަރުކޮށްލަން ވިޔަސް ސިޓީ ކައުންސިލުން ހުއްދަ ނަގަންޖެހޭ ކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަދައްކާފައިވެސް ވެއެވެ. މި ދެ އަވަށުގައި ކަމެއް ކުރަން ކައުންސިލްގެ މެޖޯރިޓީ ނުލިބޭ ވާހަކައަކީ އެއްވެސް މީހަކަށް އާ ވާހަކައެއް ނޫނެވެ. އެކަމަކު ހިތަށް އަރައެވެ. މީ މިކަން ހަމަ އޮންނަ ޖެހޭ އުސޫލު ހެއްޔެވެ؟ ނޫނީ މީ ކައުންސިލަރުންގެ ޒިންމާތަކުން ބޯދަމައިގަންނަން ދައްކާ ބަހަނާއެއް ހެއްޔެވެ؟ ނޫނެކެވެ. މިއީ ބަހަނާއެއް ނޫނެވެ. މި ދެރަށުގައި ދިރިއުޅުއްވާ މި ދެރަށުގެ ކައުންސިލަރުންނާއި، ކަމާ ގުޅުން ހުރި ފަރާތްތަކަކީ، އާންމު ރައްޔަތުން އުފުލާ ތަކުލީފުތައް އުފުލަންޖެހޭ މީހުންނެވެ. އެހެންކަމުން މި މައްސަލަތައް ހައްލު ކުރުމަށް އެ ބޭފުޅުންވެސް މަސައްކަތްކުރައްވާނެ ނޫންތޯއެވެ.
ހުޅުދޫ މީދޫ ގައި ރަނގަޅު ފެންވަރުގައި އޮތީ އެންމެ މަގެކެއެވެ. ދެން ހުރި މަގުތަކުން ދުއްވުންވެފައި އޮންނަނީ އުފުލަން ޖެހޭ ތަކްލީފަކަށެވެ. ހުޅުދޫ އަދި މީދޫ މަގުތަކުގެ ހާލަތު ނުފެންނާނެ އެއްވެސް ފަރާތެއް ހުންނާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ވާރޭ ވެހިއްޖެނަމަ މުޅި މަގުގައި ބޮޑެތި ފެންގަނޑުތައް ހެދިފައިވާއިރު ގެޔަށް ވަންނަން ވިޔަސް ނޫނީ ފިހާރައަކަތް ވަންނަން ވިޔަސް ދާންޖެހެނީ އަޑިނޭގޭ އެތައް ފެންގަނޑުތަކެއް ހުރަސްކުރުމަށްފަހުއެވެ.
އައްޑޫއަށް ތަރައްގީ ގެންނަން ކަމަށްބުނެ، ޓުއަރިޒަމް ޒޯން ތަކައާއި ބަނދަރުއް ހުޅުވާލުމުން ނިމުނީއެއް ނޫނެވެ.
ކަންތައްތައް މި ގޮތަށް ހުރިއިރު އަޅުގަނޑުމެން އަދިވެސް ތިބެންވީ ހަމަ ސަނާކިޔަންތޯއެވެ. ރާއްޖޭގެ އެހެން ރަށްތަށް ބޮޑެތި ތަރައްގީތަށް އަންއިރު މި ދެ ރަށް ބަކީވެފައި މި އޮންނަނީ ކީއްވެތޯއެވެ؟ ސިޔާސި ވެރިން ޕޯޑިއަމަށް އަރާ އެ ބުނާ ތަރައްގީ ހުޅުދޫ މީދޫ އިން ނުފެނަނީ ކިވެތޯ މިއަދު އެ ދެ ރަށުގެ ކޮންމެ ރައްޔިތަކުވެސް ހިތްއަރާނެއެވެ. ހަގިގީގަތަކީ ސިޔަސީ ވެރިން އެ ދައްކަވާ ތަރައްގީގެ ހުވަފެނުގައި ހަގީގީ ކުލަ ޖެހޭ ތަނެއް ހުޅުދޫ މީދޫގެ ރައްޔިތުންނަށް ނުފެންނަ ކަމެވެ.
ސިޔާސީ މީހުން އެ ބުނާ ތަރައްގީއަކީ ކުރިއެރުމުގެ ބަދަލުގައި ފަހަތަށް ދިޔުންކަމަށް ވާނަމަ ހުޅުދޫ މިދޫ މިހާރު އޮތީ ތަރައްގީގެ ރޭހުގައި އަތް ނުފޯރާ ހިސާބަށް ގޮސްފައެވެ.
ނިމޭކޮޅަށް އަޅާފަ މިއޮތީ މިހާރު ވަރަށް ފޯރި އެބަހުރި، ހާސްނުވޭ އަނެއްކާވެސް ލޮލުގަ އަނދުން އަޅުވާ އެއްމެން ހައްދާލާނެ ވޯޓުވެސް ހޯދާނެ
ބައްލަވާ އައްޑޫގެ ގިނަބޭފުޅުން ވިދާޅުވަމުން ގެންދަވަނީ އަދިވެސް މިއޮތީ އެބޭފުޅުންގެ ވެރިކަން އައިސް ތަރައްގީ ގުގުމާލާފައޭ ނޫންތޯ. އެކަމު ތިޔަބުނާ އިކުއިޓޯރިއަލް ހަސްފަތާލުވެސް އެޅިފަ ހުރީ އަހަންނަށް ހީވާގޮތުގަ ކުރީ ވެރިމީހާ ތިކަން ތިވަރަށް ކޮށްދީފަ ހުރީމަ. އަދިވެސް އެވަރުންވެސް އެތަންވެސް ނުހުޅުވާ ދިގުދަންމާ އެތަށް ސަކާރާތެއް ގަތެއްނޫންތޯ. ހުޅުމީދޫގެ ރައްޔިތުންވެސް ވިސްނާލާ ތިޔަބައިމީޙުންގެ މަޅީގަ ނުޖެހެން ދަސްކުރާކަށް ނުވޭބާއޭ ހިތަށް އަރަނީ
ހިތާމަޔަކީ ތިޔަރަށްތަކުގެ ރައްޔިތުންނަށް އަދިވެސް ނުވިސްނި ނޫނީ ވިސްނާލަންވެސް ބޭނުންނެތި މާބޮޑަށް ރީނދޫ ވެވިފަ ތިބޭކަން.
މީގަ މިވާގޮތަކީ ލިބޭ މީހުންނާ ނަގާތަނަކުން ނަގާމީޙުންނާ ތިބެނީ ބަނޑުފުރައިގެން، އެހެންވީމާ ޢާއްމު ރައްޔިތުން ކޮންމެފަދަ ހާލެއްގަ އުޅެން ޖެހުނަސް ތިބުނާ ސަނާކިއުމަށް ހެސްކިޔާފަ އެމީހުންދާނީ ބާރު އަޅަމުން. އަދި ނުވިތާކަށް އުޑުން ތަރިބާލަދީގެން އަނެއްކާވެސް އަނެއްވޯޓަށް ރައްޔިތުން ތިބޭނީ ބޯކާލައިގެން ވޯޓަށް ރެޑީކުރުވާފަ.