ފިތުރު އީދާއި މެއި މަހުގެ އެއްވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ސްޕެޝަލިސްޓް އޯޕީޑީ އާއި ހޮސްޕިޓަލުގެ އެހެނިހެން ކްލިނިކަލްތަކުގެ ހިދުމަތްތައް ބައެއް ދުވަސްތަކަށް ބަންދުވާނެ ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗްއިން ނެރުން އިއުލާނެގައި ވަނީ ފިތުރު އީދާއި މެއި މަހުގެ އެއްވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ސްޕެޝަލިސްޓް އޯޕީޑީ އާއި އެ ހޮސްޕިޓަލްގެ އެހެނިހެން ކްލިނިކަލްތަކުގެ ހިދުމަތްތައް ބައެއް ދުވަސްތަކަށް ބަންދުވާނެ ކަމަށެވެ.

އަދި އޯޕީޑީ ބަންދުކުރަން ނިންމާފައިވާ ދުވަސްތަކަކީ ފެށޭ ހަފްތާގެ އާދިއްތަ، ހޯމަ އަދި ބުރާސްފަތި ދުވަހު ކަމަށް އެ އިއުލާންގައިވެއެވެ.

އައިޖީއެމްއެޗްއިން ބުނީ އަންނަ ހަފްތާގެ އަންގާރަ އަދި ބުދަ ދުވަހު ހެނދުނު 9:00 އިން ހަވީރު 4:00 އަށް އޯޕީޑީގެ ހިދުމަތް އާންމު އުސޫލުން ލިބޭނެ ކަމަށެވެ. އަދި އޯޕީޑީ ބަންދުކުރި ނަމަވެސް އެމަޖެންސީ ހިދުމަތްތައް ކުރިއެކޭ ވެސް އެއްގޮތަށް ދިނުމަށް ނިންމާފައިވާ ކަމަަށެވެ.