ޖެން މޯލްޑިވްސް މާލެ ބައި ޝަންގްރިއްލާ އިން މޯލްޑިވްސް އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ)އާ ގުޅިގެން މި ރަމަޟާން މަހު އާންމުންނަށް ރޯދަ ވީއްލުން ހަދިޔާކޮށްފި
މިގޮތުން، ދެ ފަރާތުން ގުޅިގެން ރޯދަ ވީއްލުމަށް އެކިއެކި ފަރާތްތަކަށް ޖުމުލަ 500 އަށް ވުރެ ގިނަ ކެއުން ވަނީ ހަދިޔާކޮށްފައެވެ.
މިކަމާއި ގުޅިގެން ޖެން މޯލްޑިވްސް މާލެ ބައި ޝަންގްރިއްލާގެ ޖެނެރަލް މެނޭޖަރު ބްރައިސް ލޫނޮޓް ވިދާޅުވީ، "ހެޔޮކަންކަން ކުރަން ހަނދާން ނެތިގެން ނުވާނެ ކަމަށެވެ. ޖެންގެ ޓީމު އޮތީ އަބަދުވެސް މުޖުތަމައަށް އެހީތެރިވުމަށް ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އޭނާގެ ޓީމުން މި ރޯދަ މަހުގެ ބަރަކާތް ހާސިލުކުރުމަށް މިފަދަ ހެޔޮ ކަމަކަށް އިސްނެގީތީ އުފާކުރާ ކަމަށް ބްރައިސް ވިދާލުވިއެވެ.
ޖެން އަދި އެމްއޭޑަބްލިއުސީގެ ޓީމުން ވަނީ މާލޭގެ އެންމެ ކާރޫބާރޫ ބޮޑު ސަރަހައްދުތަލުގައި ރޯދަވީއްލުން ހަދިޔާކުރުމަށް ހަރަކާތްތެރިވެފައެވެ. އެ ގޮތުން، ބޮޑެތި މިސްކިތްތަކާއި، ލޯކަލް މާޜުކޭޓްގެ އިތުރުން މަސްމާރުކެޓް ހިމެނޭ ސަރަހައްދުގައި މި ޓީމުން ހަރަކާތްެރިވެފައި ވެއެވެ.
މިއީ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެއް ކަމަށް ޖެން އިން މައުލޫމާތު ދެއެވެ.
ރޯދަ ވީއްލުމަށް ދިން މި ކެއުންތަކާއި އެކު ދިން ބުއިންތައް ހަދިޔާކޮށްފައި ވަނީ އެމްއޭޑަބްލިއުސީންނެވެ.