މެދު ރާއްޖެތެރޭގެ ރަށެއްގައި ބައްޕައަކު އޭނާގެ ދަރިފުޅު ގައިގައި އަލިފާން ޖެއްސި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ ނޯތު ސެންޓްރަލް ޕޮލިސް ރީޖަން (ކ. އއ. އދ. ވ.) ގައި ހިމެނޭ ރަށެއްގައި 12 އަހަރުގެ ފިރިހެން ކުއްޖަކަށް، އިތުރުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު އަނިޔާކުރިކަމުގެ މައްސަލައެއް އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި، ކުއްޖާ މިހާރު ވަނީ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި، ޖެންޑަރ މިނިސްޓްރީއާ ގުޅިގެން މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވާތީ، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.