ފިޠުރު އީދުގެ އުފާވެރި މުނާސަބަތުގައި، އީދުގެ އުފާވެރިކަން އާއިލާއާއި ރައްޓެހިންނަށް ހިއްސާކޮށްލުމަށްޓަކައި، ހާއްސަ އޮފަރއެއް އުރީދޫއިން ތައާރަފްކޮށްފިއެވެ.

މި އޮފަރގެ ދަށުން އީދު ޗުއްޓީ ތެރޭގައި ދުވާލަކު 1 ޖީބީ ލިބޭ އާޗާ ޕްރިޕެއިޑް 150 ރުފިޔާ ޕެކް ބައްލަވައިގަތުމުން 7 ދުވަހަށް ބޯނަސް ޑޭޓާގެ ގޮތުގައި ދުވާލަކު 2 ޖީބީ، މުޅިއަކު ދުވާލަކު 3 ޖީބީގެ އިތުރުން އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

މި އޮފަރ ތައާރަފް ކޮށްފައިވަނީ ދުރުގައި ތިބި އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކޮށްލާ، އީދުގެ އުފަލާ މަޖާ ހިއްސާކޮށްލުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކަމަށް އުރީދޫ އިން މައުލުމާތުދެއެވެ. މި ޑޭޓާ ޕެކް އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮއްލެވޭނެއެވެ.

އުރީދޫގެ ސީނިއަރ މެނޭޖަރ، ބްރޭންޑް އެންޑް މަރކޮމްސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް އީދުގެ އުފާވެރިކަން ހިއްސާކުރުމަށް މި އީދު އޮފަރ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އުރީދޫ ޓީމްގެ ފަރާތުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން."
އުރީދޫގެ ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މަރކޮމްސް، ނޫރާ އިބްރާހިމް ޒާހިރު

އާޗާ ޕްރިޕެއިޑް ބޯނަސް އޮފަރގެ އިތުރުން އުރީދޫ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށްވެސް ވަނީ ޙާއްސަ އޮފަރ އެއް ތައާރަފް ކޮށްފައެވެ. ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ޢީދު ބަންދު ތެރޭގައި އުރީދޫ ކްލަބް ޕްރިމިއަރ ޕާޓްނަރުން ކަމުގައިވާ ޗޮކްލެޓް، ރަޓަޓޫއީ އަދި ޗާކޯލް ކެފޭ އިން 10 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެއެވެ.