އިސްރާއީލުގެ އުދުވާނީ ބާރުތަކުން މިހާރުވެސް ގެންދަނީ ފަލަސްތީނުގެ ހިފާފައިވާ ހުޅަނގު އައްސޭރީގެ ހުރިހާ ރަށްތަކެއްގައާއި ގުދުސްގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ޖަރީމާތައް ހިންގައި، އަނިޔާކޮށް ފަލަސްތީނުގެ އެތައް ބަޔަކު ހައްޔަރު ކުރަމުންނެވެ. ކުޑަކުދިންވެސް ހިފައި ހައްޔަރުުރަމުންނެވެ. ފަލަސްތީނުގެ ގެތަކަށް ވަދެގަނެ، ގެތަކަށާއި، ފަލަސްތީނު ރައްޔިތުންގެ ފިހާރަތަކަށްވެސް ބޮޑެތި ގެއްލުންތައް ދެމުންނެވެ.

މިދަތި އުނދަގޫ ހާލަތުގައިވެސް ފަލަސްތީނުގެ ރައްޔިތުންވަނީ ރަމަޟާންމަހުގެ ރޯދަ ހިފައި އަދި ރޯދައާ ގުޅިގެން އަންނަ އީދުގެ އުވާވެސް ގެންދަނީ ފާހަގަ ކުރަމުންނެވެ. އަދި އިސްރާއީޅުގެ ދުއްތުރާތަކާ އެކުވެސް ހުޅަނގު އައްސޭރީގެ އެތައް ރަށެއްގައި ހާމަ މައިދާންތަކުގައި މިއަދުގެ އީދު ނަމާދު ކޮށްފައި ވެއެވެ. އަދި ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާގައިވެސް މިއަދު އެތައްހާސް ބަޔަކު އީދު ނަމާދުކޮށްފައި ވެއެވެ.

ތިރީގައި މިވަނީ، ފަލަސްތީނުގެ ޣައްޒާއާއި، ހުޅަނގު އައްސޭރީގެ ބައެއް ރަށްތަކާއި، އަގްސާގައި މިއަދު ކުރެވުނު އީދު ނަމާދުގެ ބައެއް ފޮޓޯތަކެވެ.

ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕްގެ މައިދާނެއްގައި މިއަދުގެ އީދު ނަމާދު ކުރަނީ:
ފަލަސްތީނުގެ އުއްމުލް ފަހުމް ސިޓީގެ މައިދާނެއްގައި އީދު ނަމާދު ކުރަނީ:
ފަލަސްތީނުގެ އުއްމުލް ފަހުމް ސިޓީގެ މައިދާނެއްގައި އީދު ނަމާދު ކުރަނީ:
ޣައްޒާގެ މިސްކިތެއްގައި މިއަދު އީދު ނަމާދުކުރަނީ:
ފަލަސްތީނުގެ ޔަފާ ސިޓީގެ މިސްކިތެއްގައި މިއަދު އީދު ނަމާދުކުރަނީ:
ފަލަސްތީނުގެ ޔަފާ ސިޓީގެ މިސްކިތެއްގައި މިއަދު އީދު ނަމާދުކުރަނީ:
ފަލަސްތީނުގެ ޔަފާ ސިޓީގެ މިސްކިތެއްގައި މިއަދު އީދު ނަމާދުކުރަނީ:
އަލް އަގްސާ މިސްކިތުގައި މިއަދު ކުރެވުނު އީދު ނަމާދުގައި އެތައްހާސް ބަޔަކު ބައިވެރިވަނީ: