މިއަހަރުގެ ފިތުރު އީދު ފާހަގަކުރަމުންދާއިރު، އީދުގެ ފޮޓޯއެއް ޝެއަރކޮށްގެން އުރީދޫ މޯލްޑިވްސްގެ ގިފްޓް ޕެކް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫއިން ބުނީ މި ގިފްޓް ޕެކް ހޯދުމަށް މާބޮޑުކަމެއް ކުރަން ނުޖެހޭނެ ކަމަށެވެ. ހަމައެކަނި ކުުރަންޖެހޭނެ ކަމަކީ އީދު ފާހަގަ ކުރާ ފޮޓޯ އުރީދޫއަށް ޓެގްކޮށް #EidMajaa ހޭޝް ޓެގް ބޭނުންކޮށް ޝެއަރ ކުރުމެވެ. އަދި އުރީދޫ އިން ބުނީ ފޮޓޯ ޝެއަރ ކުރުމުގެ ސުންގަޑިއަކީ މިމަހުގެ އަށްވަނަ ދުވަހުގެ 23:59 ކަމަށެވެ.
ރަމަޟާން ގިފްޓް ޕެކްގެ ގޮތުގައި އުރީދޫއިން މިއަހަރު ދެނީ ކަނޑޫދޫ މިރުސް ސޯސް ޕެކެކެވެ.
ރާއްޖޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކަނޑޫދޫ މިރުހުގެ ސޯސްޕެކް ހަދައި، އުރީދޫއިން މިކަން ކުރަމުން ގެންދަނީ ކަނޑޫދޫ ދަނޑުވެރިންނަށް މިރުސް ވިއްކުމުގައި އެހީތެރިވެދިނުމުގެ ގޮތުންނެވެ.
ކަނޑޫދޫ މިރުސް ސޯސް އަކީ މަރޗް މަހު އުރީދޫ އިން ބްރޭންޑެއްގެ ގޮތުގައި ތައާރަފުކޮށް މާކެޓަށް ނެރެފައިވާ ސޯސް ޕެކެކެވެ.