އެމްބިއުލާންސްގެ ދަތިކަން ދިމާވެފައިވާ ރަށްރަށަށް އެމްބިއުލާންސް ފޯރުކޮށްދޭން ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން އިތުރު 19 ރަށަކަށް އެމްބިއުލާންސް ފޮނުވައިފިއެވެ.

ހެލްތު މިނިސްޓްރީން މި ތަކެތި ގެނައުމުގެ ގެންނަނީ ސަރުކާރުގެ ވިޔަފާރި، ކުންފުނި ކަމަށްވާ އެސްޓީއޯ ހަވާލުކޮށްގެންނެވެ. އެގޮތުން މި އެމްބިއުލާންސްތައް ރަށްތަކަށް ފޮނުވުމަށް ވަނީ އިއްޔެ ވަނީ ފުރުވާލާފައެވެ.

އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގަ އާއި ސިއްހީ މަރުކަޒުތަކުގައި އެމްބިއުލާންސް ނެތުމާ ގުޅިގެން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯއާއެކު، ހެލްތުން މިނިސްޓްރީން ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިއަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް ރާއްޖެ ގެނެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި ފަހަރު އެމްބިއުލާންސްތައް ފޮނުވުމަށް ހަމަޖެހިފައިވާ ރަށްތައް ހއ. މުރައިދޫ، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަންފަރު، ށ. މާއުނގޫދޫ، ނ. ހޮޅުދޫ، ނ. ލަންދޫ، ނ. ހުޅުދުއްފާރު، ބ. ކަމަދޫ، ބ. ހިތާދޫ، ކ. ހިންމަފުށި، ކ. ގުޅި، އދ. އޮމަދޫ، ދ. ބަނޑިދޫ، ދ. ހުޅުދެލި، ތ. ގުރައިދޫ، ލ. ފޮނަދޫ، ގއ. ގދ.ގައްދޫ ދެއްވަދޫ، ގދ. ހޯޑެއްދޫއަށްށެވެ.