ސެލްފީއެއް ނަގައިގެން އަގުހުރި އިނާމެއްގެ ގޮތުގައި އަވި އައިނެއް ހޯދުމުގެ ފުރުސަތު، ލޮލުގެ ފަރުވާ އަށް ހާއްސަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގައި އެންމެ މަތީ ފަންތީގައި ފާހަގަކޮށްލެވޭ އައިކެއާ އޮޕްޓިކަލްސް އިން ހުޅުވާލައިފިއެވެ.

މިއީ "މައުޖިމް ސެލްފީ ކޮންޓެސްޓް"ގެ ނަމުގައި އައިކެއަރ އިން ފަށާފައިވާ ސޯޝަލް މީޑިއާ ކެމްޕެއިންގެ ތެރެއިން ހުޅުވާލެވުނު ފުރުސަތެކެވެ. މި ކެމްޕެއިން ކުރިއަށްދާނީ މިއަދުން ފެށިގެން ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮންމެ ކަސްޓަމަރަކަށްވެސް ފަސޭހަކަމާއެކު މި ކޮންޓެސްޓުގައި ބައިވެރިވެވޭނެކަމަށް އައިކެއަރއިން ބުނެއެވެ. ކޮންޓެސްޓުގައި ބައިވެރިވުމަށް، އައިކެއަރ ގެ އައުޓްލެޓަކުން، މައުޖިމް ބްރޭންޑުގެ އަވި އައިނަކާއެކު ސެލްފީއެއް ނަގާ، ފޭސްބުކް ނުވަތަ އިންސްޓަގްރާމްގައި އެ ކަސްޓަމަރަކު ބޭނުންކުރާ އަމިއްލަ އެކައުންޓުގައި ޕޯސްޓު ކުރަން ޖެހޭނެއެވެ. އަދި މި ޕޯސްޓުގައި އެހެން ތިން މީހެއްގެ އެކައުންޓު ޓެގްކޮށް، ފޭސްބުކް ނުވަތަ އިންސްޓަގްރާމުގައިވެސް އައިކެއާގެ ރަސްމީ އެކައުންޓް ޓެގް ކުރުމުގެ އިތުރުން މައުޖިމްގެ އެކައުންޓު ޓެގްކުރަން ޖެހޭނެއެވެ.

މީގެއިތުރުން އައިކެއާގެ އިންސްޓަގްރާމް ނުވަތަ ފޭސްބުކް ޕޭޖަށް އަދި މައުޖިމްގެ އެކައުންޓަށް ފޮލޯ ކުރަން ޖެހޭނެއެވެ.

މި ކޮންޓެސްޓުގެ ނަސީބުރިއަކަށް ހޮވޭނީ އެންމެ ގިނަ ލައިކް ލިބިފައިވާ ޕޯސްޓެއްގެ ވެރިފަރާތެވެ. ނަސީބުވެރިއަކަށް ހޮވޭ ފަރާތަކަށް މައުޖިމް އަވި އައިނެއް ލިބޭނެއެވެ. އިނާމް ހައްގުވާ ފަރާތް ހޮވާނީ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.

މި ކޮންޓެސްޓާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް، އައިކެއަރ އޮޕްޓިކްސްގެ ހޮޓްލައިން (3321026) އަށް ގުޅާލުމުން ލިބޭނެއެވެ. އަދި އައިކެއަ އޮޕްޓިކަލްސްގައި ލިބެންހުރި ޕްރޮޑަކްޓުތައް އައިކެއަރގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.