ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ "ބީއެމްއެލް ވައު ކިޑްސް ރަން 2022" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަަތަރު އުމުރުފުރާއަކަށް ބަހާލައިގެން ހުޅުމާލޭގައި ބާއްވާ މި ދުވުން އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 06:10 ގައެވެ.

މިއަހަރުގެ ކެޓަގަރީތަކަކީ ހަތަރު ކިލޯ މީޓަރުގެ ދުވުން ހެނދުނު 06:10 (10-12 އުމުރުފުރާގެ ކުދިން)، ތިން ކިލޯ މީޓަރުގެ ދުވުން ހެނދުނު 06:30 (8-10 އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު) ދެ ކިލޯ މީޓަރުގެ ދުވުން ހެނދުނު 06:50 (06-08 އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު) އަދި އެއް ކިލޯ މީޓަރުގެ ދުވުން ހެނދުނު 07:10 (04-06 އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު) ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ހަތަރު ކިލޯ މީޓަރު ދުވުމުގައި ބައިވެރިވުމަށް 199ރުފިޔާގެ ފީއެއް ދައްކަން ޖެހޭއިރު، އެހެން ކެޓަގަރީތަކުގައި ބައިވެރިވުމަށް ދައްކަންޖެހޭނީ 299 ރުފިޔާއެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ތިިބުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ހަރަކާތަށް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ލިބެއެވެ.

މިދިޔަ ޑިސެމްބަރުގައި ބޭއްވި ހަރަކާތުގައި ވެސް 900 އަށްވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފައެވެ.