ރާއްޖެއައި ފަތުރުވެރިއެއްގެ އަތުން ހަތަރު ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތި ފެނިފައި ވަނީ މިމަހުގެ 3 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އައި މީހެއްގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުން ކަމަށެވެ.

އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވްވެފައި ކަމަށެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު އެކާވީސް މިލއަނަށް އަރާ ކަމަށް ކަސްޓްމަސް އިން ބުނެއެެވެ. އެ ތަކެތި ކަސްޓަމްސް އިން މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ކޮން ގައުމަކުން އައި މީހެއްގެ ލަގެޖުން ކަމެއް ކަސްޓަމްސް އިން ބުނެފައެއް ނުވެއެވެ.