ޓްރީ ޓޮޕް ހޮސްޕިޓަލުން ސުމޯކިންގް ސެސޭޝަން ކްލިނިކުގެ ހިދުމަތް ދޭން ފަށައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މިއީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ހާއްސަ ކްލިނިކެކަމަށެވެ. ސުމޯކިންގެ ސެސޭޝަން އަކީ ދުންފަތް އިސްތިއުމާލުކުރާ މީހުން ދުންފަތް ބޭނުން ކުރުން ހުއްޓާލުމަށް ދޭ ހާއްސަ ފަރުވާއެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އެ ކްލިނިކަކީ ފަރުވާ އާއި ކައުންސިލިން މެދުވެރިކޮށް ދުންފަތް ހުއްޓާލަން ބޭނުންވާ މީހުނަށް ދުންފަތުގެ ސަބަބުން ފަސޭހަ ކުރެވެން ނެތް ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށާއި ކުރިޔާލާ ރައްކާތެރިވުމަށް އެހީވެދޭނެ ކުލިނިކެއްކަމަށް އެ ހޮސްޕިޓަލް އިން ބުނެއެވެ.

ޓްރީ ޓޮޕް އިން ބުނީ އެ ކްލިނިކުން ފޯރުކޮށްދޭ ފަރުވާތަކުގެ ތެރޭގައި ކައުންސިލިންގ، ބިހެއިވިއޮރަލް ތެރަޕީ، ނިކޮޓީން ޕެޗް، ގަމް، ލޮޒެންޖަޒް އިންހޭލަރސް އަދި ނޭސަލް ސްޕްރޭ ފަރުވާދިނުން ހިމެނޭ ކަމަށެވެ.

އެ ކްލިނިކުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް އުޅުއްވަނީ ފުއްޕާމޭގެ ހާއްސަ ޑޮކްޓަރ ޑރ. ރަގުލާން ރާޖާލިންގަމްއެވެ. ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ރަގުލާން އަކީ ސިއްހީ ދާއިރާގައި 10 އަހަރައްވުރެ ގިނައިން ހިދުމައްކުރައްވާފައިވާ ޑޮކްޓަރެއް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އައު ހިދުމަތްތައް ތައާރަފުކުރަމުންނެވެ.