ރާއްޖޭގައި މިއަދު ފެށި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ އަންހެން ޖޫނިއާ ޓީމް އިވެންޓުގެ މެޗު ރާއްޖެއިން 3 ގޭމުން ކާމިޔާބުކޮށްފިއެވެ.

މިއަދު މެންދުރު ކުޅުނު އަންހެން ޖޫނިއާ ޓީމް އިވެންޓުގެ މެޗު ރާއްޖެއިން ސީދާ ތިން ގޭމުން ކާމިޔާބުކުރިއިރު، ފުރަތަމަ ގޭމުގެ ސެޓުތައް ރާއްޖެއިން ގެންދިޔައީ 11-9، 11-8 އަދި 11-9 އިންނެވެ. އަދި ދެވަަނަ މެޗް ފާތިމަތު ދީމާ އަލީ ވަނީ ފަސޭހަކަމާއެކު ކާމިޔާބު ކޮށްފައެވެ. މި ސެޓް ދީމާ ކާމިޔާބުކޮށްފައިވަނީ 11-5، 11-9 އަދި 11-1 އިންނެވެ.

އަދި ތިންވަނަ ގޭމުގައި މިޝްކާ މުހައްމަދު އިބްރާހީމްގެ މައްޗަށް ޕާކިސްތާނުގެ ކުޅުންތެރިޔާގެ ފަހަތުންއަރާ ކުރި ހޯދީ 3-2 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ދެ ސެޓު މިޝްކާ ވަނީ ފަސޭހަކަމާއެކު 11-5 އަދި 11-6 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ޕާކިސްތާނު ކުޅުންތެރިޔާ ވަނީ ޖެހިގެން އައި ތިން ސެޓު 11-6، 13-11 އަދި 11-3 އިންނެވެ.

މެޗުގެ ފަހު ގޭމުގައި ދީމާ ކުޅެންއެރިއިރު، އޭނާ ވަނީ ފަސޭހަކަމާއެކު ތިން ސެޓު ކާމިޔާބުކޮށްފައެވެ. މި ގޭމުގެ ސެޓުތައް ޕާކިސްތާނުގެ ކުޅުންތެރިޔާގެ މައްޗަށް ދީމާ ކުރިހޯދީ 7-11، 5-11 އަދި 11-1 އިންނެވެ.

މިއަދު ކުޅުނު ފުރަތަމަ މެޗް ކުޅެފައިވަނީ ނޭޕާލް އާއި ލަންކާއެވެ. މި މުބާރާތުގެ ޖޫނިއާ ފިރިހެން ޓީމު އިވެންޓުގައި ކުޅުނު ފުރަތަމަ މެޗު ވާދަވެރި ކުޅުމަކަށްފަހު ސްރީލަންކާއިން ކާމިޔާބުކުރީ 3-1 ގޭމުންނެވެ.

މި މެޗުގެ ފުރަތަމަ ގޭމުގެ ސެޓުތައް ލަންކާއިން ގެންދިޔައީ، 11-7. 10-9 އަދި 12-10 އިންނެވެ. އަދި ދެވަނަ ގޭމުގެ ސެޓުތައް ފަސޭހަކަމާއެކު ނޭޕާލުން ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުގެ ސެޓުތައް ނޭޕާލުން ގެންދިޔައީ، 11-3، 11-7 އަދި 11-6 އިންނެވެ.

ތިންވަނަ ގޭމުގެ ސެޓުތައޤވެސް ލަންކާއިން ގެންދިޔައީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ލަންކާއިން ގެންދިޔައީ 11-9، 11-9، އަދި 11-5 އިންނެވެ.

މި މެޗުގެ ހަތަރު ވަނަ ސެޓު ލަންކާއިން ގެންދިޔައީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ސެޓުތައް ލަންކާއިން ގެންދިޔައީ 7-11، 11-9، 12-10،11-13 އަދި 11-7 އިންނެވެ.

މި މުބާރާތުގެ މެޗުތަކުގެ ކުޅުން މިއަދުފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިއީ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތް ރާއްޖޭގައި ބޭއްވޭ ދެވަނަ ފަހަރެވެ.

މިއަހަރު ރާއްޖޭގައި ބާއްވާ މި މުބާރާތަކީ މީގެކުރިން 2019 ވަނަ އަހަރު ބާއްވަން އޮތް މުބާރާތެކެވެ. އެ އަހަރުގެ މުބާރާތް ފަސްކުރީ ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުންނެވެ.

މިއަދު ފަށި މި މުބާރާތުގައި ހަ ގައުމެއްގެ ޖޫނިއަރ 85 ކުޅުންތެރިޔަކު ވާދަކުރާނެއެވެ. މިއަހަރުގެ މުބާރާތުގައި ރާއްޖެ، ސްރީލަންކާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނުން ބައިވެރިވެއެވެ.