މިމަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ކުޑަކުދިންގެ ދުވަހަށް ޚާއްސަ ޕްރޮމޯޝަނެއް ފެށުމަށް އައިކެއަރ އޮޕްޓިކަލްސް އިން ނިންމައިފިއެވެ.

"ވީނިއުސް" އަށް މައުލޫމާތުދެމުން އައިކެއާ އިން ބުނީ، އެއްދުވަހަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ކުޑަކުދިންގެ ހުރިހާ ޕްރޮޑަކްޓުތަކަކުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަނުގެ ދަށުން އެކި ބްރޭންޑުތަކުގެ އައިނު ދުނިގަނޑާއި އަވިއައިނުވެސް ލިބޭނެކަމަށް އައިކެއަރ އިން މައުލޫމާތުދެއެވެ.

މީގެއިތުރުން އައިކެއަރ އިންބުނީ، 10 މެއި ވާ އަންގާރަ ދުވަހު މި ޕްރޮމޯޝަން، އައިކެއަރގެ ހުރިހާ އައުޓްލެޓެއްގައިވެސް ކުރިއަށްދާނެ ކަމަށެވެ.

އައިކެއަރ އޮޕްޓިކްލްސް އަކީ ރާއްޖޭގައި ލޮލާއި ގުޅުންހުރި ހުރިހާ ހިދުމަތެއް އެއްތަނަކުން ފޯރުކޮށްދެމުން އަންނަ ހަމައެކަނި ކުންފުންޏެވެ. މަޝްހޫރު ގިނަ ބްރޭންޑްތަކުގެ އައިނާއި، ކޮންޓެކްޓް ލެންސުގެ އިތުރުން ލޮލުގެ އެގްޒެމިނޭޝަން ހެދުމާއި، ކޯޕޮރޭޓް އައި ސްކްރީނިންގ ޕްރޮގްރާމް ހިންގުން އަދި ލޮލުގެ ފަރުވާއަށް ބޭނުންވާ ސަރޖަރީ ހެދުމުގެ ހިދުމަތްވެސް އައިކެއަރއިން އަންނަނީ ފޯރުކޮށްދެމުންނެވެ.

މި ޕްރޮމޯޝަން އާއި ބެހޭ އިތުރު މައުލޫމާތާއި، އައިކެއަރ އިން ލިބެންހުރި ޚިދުމަތްތަކުގެ މައުލޫމާތު ހޯދުމަށް އައިކެއަރ އޮޕްޓިކަލްސްގެ ހޮޓްލައިން 3321026 އަށް ގުޅާލުމުން ލިބޭނެއެވެ. އަދި އައިކެއަރ އޮޕްޓިކަލްސް ގައި ލިބެންހުރި ޕްރޮޑަކްޓުތައް އައިކެއަރ ގެ ވެބްސައިޓުން ބަލާލެވޭނެއެވެ.