މަތީތައުލީމު ހާސިލުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ސްކޮލަރޝިޕް ޕްރޮގްރާމްގެ ތެރެއިން މި އަހަރުގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިނގިރޭސިވިލާތުގައި އެކްޗޫރިއަލް ސައިންސްގެ ދާއިރާ އިން ޕޯސްޓް ގްރެޖްއޭޓް ޑިގްރީއަށް ކިޔެވުމަށް ދޭ މި ސްކޮލަޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ސުންގަޑި އަކީ މިމަހުގެ 26 އެވެ. މިއީ އެމްއެމްއޭ އިން ހުރިހާ ހަރަދެއް ދޭ، އެއް އަހަރުގެ ސްކޮލަޝިޕެކެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި ސްކޮލަޝިޕަށް އެދޭ ފޯމް އެ ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ ކަމަށެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު ހިއުމަން ރިސޯސެސް ޑިވިޝަންގެ ނަމްބަރު 3010131 އިން ލިބޭނެއެވެ.

އެމްއެމްއޭ އިން ބުނީ ސްކޮލަޝިޕް ލިބޭ މީހަކު ހޮވަން މާކްސް ދިނުމުގައި ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާގެ އިތުރުން އިންޓަވިއު އެސެސްމަންޓަށް ބަލާނެ ކަމަށެވެ.