ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، "މަޖީދީ ރަން" އިފްތިތާހްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

‎ރޭ މުލީއާގެ ކުރިމަތީގައި ބޭއްވެވި މި ރަސްމިއްޔާތުގައި މަޖީދިއްޔާ ސްކޫލްގެ ކެޕްޓަން ވަނީ ރައީސްގެ އަތްޕުޅަށް "މަޖީދީ ރަން" ގެ ޓޯޗް އަރުވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ޓޯޗު ސްޓިއަރިންގ ކޮމިޓީގެ ރައީސް އިބްރާހީމް އިސްމާޢީލާއި ހަވާލުކޮަށްދެއްވާފައެވެ.

‎މި ރަސްމިއްޔާތުގައި މަޖީދިއްޔާ ސްލޫކްގެ ފަރާތުން ރައީސްގެ ދެކަނބަލުންނަށް ވަނީ "މަޖީދީ ރަން" ގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު ދެއްވާ "މަޖީދީ ރަން" އާ ގޫޅޭ ހާއްސަ ޓީޝާޓެއް ވެދުންކުރައްވާފައެވެ.

‎މި ދުވުމުގެ ހަރަކާތަކީ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމާއި 100 އަހަރު ފުރޭ ކައުންޓްޑައުން ފެށުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މަޖީދީ ރަން ރެއިން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ރޭގެ ނިޔަލަށް މެދުނުކެނޑި ކުރިއަށްދާނީ މާލޭގެ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކްގައެވެ.