މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުން ފަށައިފިއެވެ.

މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 އަށް ކަމަށް ކޮމިޝަނުން ބުނެއެވެ.

ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ވަގުތު ހަމަވިއިރު ކުރިމަތިލީ ޕީޕީއެމް އާއި އެމްއެންޕީންނެވެ. ޕީޕީއެމްގެ ފަރާތުން އިންތިޚާބުގައި ވާދަކުރަނީ ފާތިމަތު ނާޒިމާއެވެ. އެމްއެންޕީން ވާދަކުރަނީ އާމިނަތު ޝީޒާއެވެ.

މި އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު 2900 މީހަކަށް ލިބިފަވާއިރު އިންތިޚާބުގައި ޖުމްލަ 6 ވޯޓު ފޮށްޓެއް ކޮމިޝަނުން ވަނީ ބަހައްޓާފައެވެ.