މަސްތުގެ ހާލުގައިހުރެ ޖިންސީ ގުނަވަން ދެއްކި ބިދޭސީއެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ބިދޭސީއަކު މަސްތުގެ ހާލަތުގައި ހުރެ ޖިންސީ ގުނަވަން ދެއްކި މައްސަލައެއް ރޭ 21:57 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އިންޑިއާ ފިރިހެނެއް ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ޖިންސީ ގުނަވަން ދައްކައިގެން އަންހެނުންތަކެއް ފަހަތުން ދުވި ބިދޭސީއެއް ހިފަހައްޓައިގެން އުޅޭ ވީޑިއޯއެއްވެސް ސޯޝަލްމީޑިއާގައި ދައުރުވެފައިވެއެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންއެވެ.