އުމުރުފުޅުން 66 އަހަރުގައި ސްޓްރޯކެއް ޖެހިވަޑައިގެން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ތައުފީގް (ޝޭޑީ ކެބިން ތައުފީގް) ނިޔާވެއްޖެއެވެ.

2015 ވަނަ އަހަރުން ފެށިގެން ޝޭޑީ ކެބިން ތައުފީގް އުޅުއްވީ އާލާސްކަންފުޅުގައެވެ. އޭނާ ނިޔާވެފައި ވަނީ އައިޖީއެމް ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދެއްވަމުން ގެންދަވަނި ކޮށެވެ.

އޭނާ ނިޔާއިރު، ފަސް ބޭފުޅުންނާއި، އަނބިކަނބަލުން ދުނިޔޭގައި އެބަތިއްބެވެ. ޝޭޑީ ކެބިން ތައުފީގަކީ ތަކެތި ކުއްޔަށް ދިނުމުގެ ވިޔަފާރީގައި ނަން މަޝްހޫރި ބޭފުޅެކެވެ.

ޝޭޑީ ކެބިން ތައުފީގް މަޝްހޫރުވެފައި ވަނީ އާއިލާގެ ބޭފުޅުން ޕައިލެޓްކަމުގެ ދާއިރާއަށް ނެރުއްވާ ބޭފުޅެއްގެ ގޮތުގައެވެ. ޝޭޑީ ކެބިން އާއިލާގައި 15 ޕައިލެޓަކު އެބަތިއްބެވެ.

އޭނާގެ އިސްނެންގެވުމާއި އެކު އާއިލާ ބޭފުޅުންގެ ނަންމަތީގައި މިސްކިތެއް ވަނީ ބިނާކުރައްވާފައެެވެ. އެ މިސްކިތް ހުންނަނީ ރައްޔިތުންގެ މަޖިލިސް އިދާރާގެ ފުރަގަހުގައެވެ.