ދިވެހި ރަައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިޚާބުގައި މިއަދު ނެގި ވޯޓުގައި މިހާތަނަށް ގުނި ގިނަ ވޯޓު ފޮށިތަކުން ކުރި ހޯދައި އެޕާޓީގެ ޗެއާޕާސަންގެ ގޮނޑިއަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިންތިޚާބު ވާނެކަން ގާތްގަނޑަކަށް ކަށަވަރުވެއްޖެއެވެ.
މި އިންތިޚާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާފައި ވަނީ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.
މިހާތަނަށް ގިނަ ވޯޓު ފޮށިތަކުގެ ނަތީޖާ އިއުލާންކޮށްފައިވާއިރު ފައްޔާޒު އުޅުއްވަނީ 60 އިންސައްތައަށްވުރެ ގިނަ ވޯޓުގެ ތަފާތުން ކުރީގައެވެ.
މި ދެ ބޭފުޅުންގެ މެދުގައި ނެގުނު ވޯޓުން މިނިސްޓަރު ފައްޔާޒު އަންނަނީ އަތޮޅު ތެރެއާއި މާލޭގެ ވެސް ގިނަ ވޯޓު ފޮށިތަކުން ބޮޑުތަނުން ކުރި ހޯދަމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަކީ އެ ޕާޓީގެ އެތެރޭގެ އިންތިޚާބެއް ކަމުގައި ވީނަމަވެސް، މި އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގޮސްފައިވަނީ ވަރަށް ފޯރީގައި އަދި ވަރަށްވެސް ވާދަވެރިކޮށްކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ކެންޕެއިން ފޯރީގެ ތެރެއިން އެމްޑީޕީގެ އެތެރޭގައި ހަމަނުޖެހުންތައް އުފެދި، ޕާޓީ ދެ ފެކްޝަނަކަށްބެހިގެން ގޮސްފައިވާއިރު، އިންތިގެ ފެކްޝަނުގައި ހުންނެވީ ރައީސް ނަޝީދެވެ.
ފައްޔާޒުގެ ފެކްޝަނުގައި ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހެވެ.