އައްޑޫ ސިޓީ މީދޫގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް "ލޮތާރި ސްޓްރީޓް 3- ދަ ރިވޭމްޕް" ކޮވިޑް19 އާއި ގުޅިގެން މެދުކެނޑުމަށް ފަހު މި އަހަރު ބާއްވާނެ ކަމަށް މުބާރާތް އިންތިޒާމުކޮށް ކުރިއަށް ގެންދާ ކްލަބް ލޮތާރީން ބުނެފައެވެ.
ވީނިއުސްއާ ވާހަކަދައްކަމުން ކަލްބްގެ ސެކެޓްރީ މުހައްމަދު އައްޔޫބް ބުނީ މި މުބާރާތުގެ ޗެމްޕިޔަން ޓީމަށް 20،000 ރުފީޔާލިބޭ އިރު ރަނަރަޕް ޓީމަށް 10،000 ރުފީޔާ ލިބޭނެ ކަމަށެވެ.
ކްލަބް ލޮތާރިން، މީގެ ކުރިން މި މުބާރާތް ބާއްވާފައިވަނީ "ގައުމު ސްޓްރީޓް"ގެ ނަމުގައެވެ.
މި މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ "ލޮތާރި ސްޓްރީޓް: 3 ދަ ރިވެމްޕް"ގެ ނަމުގައެވެ. މިއީ އެ ކްލަބް ރަސްމީކޮށް ރަޖިސްޓްރީ ވި ފަހުން ބާއްވާ ފުރަތަމަ މުބާރާތެވެ.
މިމުބާރާތަކީ އައްޑޫ ސިޓީގެ އަވަށްތަކުގެ މެދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.
އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، މުބާރާތުގެ ގަވާއިދު އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ ކްލަބުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ 30 ޖުލައި 2022 ހޮނިހިރު ދުވަހެވެ.
އެ ކްލަބުން ބުނީ އެ މުބާރާތައިބެހޭ އިތުރު މައުލުމާތު އެ ކަލަބްގެ ވެބްސައިޓް އަދި ސޯޝައަލް މިޑިޔާއިން ލިބެން ހުނާނެ ކަމަށެވެ. "ލޮތާރި ސްޓްރީޓް 3: ދަ ރިވެމްޕް" އާ ގުޅޭ އިތުރު މައުލޫމާތު އެ ކްލަބުގެ ނަންބަރު 7877183 އަދި 7426282 އިން ލިބޭނެއެވެ.
މި މުބާރަތަކީ މީދޫގައި ބާއްވަމުން އަންނަ ވަރަށް ފޯރިގަދަ މުބާރާތެކެވެ.
ނައްޓަލާ ވީ މީދޫއަށް ޓިމަކާއިގެން ވޭ އެއްތަ ބަލާ