ސަރުކާރުގެ ބަޖެޓްގެ 30 އިންސައްތަ ހޭދަވަނީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި ގުޅުން ހުރި ކަންކަން ކުރުމަށް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދާއިން ވިދާޅުވީ ގްލާސްގޯ-ޝާރމް އެލް-ޝެއިޚް ވޯރކް ޕްރޮގްރާމް އޮން ދަ ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން ފެށުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސަރުކާރުގެ ބަޖެޓްގެ 30 ޕަސެންޓް ހޭދަވަނީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި ގުޅުން ހުރި ކަންކަން ކުރުމަށް ކަމަށާއި މި ކަމަށް ލިބޭ ފަންޑު ފިނިހަކަ ދުވެލީގައި ލިބިގެން ނުކުރެވޭނެ ކަމަށެވެ.

1.5 ޑިގްރީ އާއި 2 ޑިގްރީގެ ތަފާތަކީ ރާއްޖޭގެ ތިމާވެއްޓަށް ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ޓަކައި، މޫސުމަށް އަންނަ ބަދަލުތަކަށް ސިޔާސީ ގޮތުން ދޭން ޖެހޭ ސަމާލުކަން ނުލިބުނަސް، އަދި މާލީ އިންވެސްޓްމަންޓްގެ ފެންވަރު ވެސް، ގޮންޖެހުންތަކާ އެއްވަރަށް، އެކަށީގެންވާ މިންވަރަށް ނުހޯދޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކުރިމަތިވާ ގޮންޖެހުންތަކަށް އެކަށީގެންވާ ގޮތަށް ފައިނޭންސަސް (ނޫނީ ފައިސާ) ނުބެލެހެއްޓޭ. މޫސުމަށް އަންނަ ބަދަލުތަކަކީ ކާރިސާއަކާއި ކުއްލި މައްސަލައެއް. އެމަގުން އެއަށް އިޖާބަދޭންޖެހޭނެ. އަޅުގަނޑުމެންނަށް ކުރިމަތިވާ ނުރައްކާތަކަށް އިޖާބަދިނުމަށްޓަކައި، އެފައިސާއަވަހަށް ދޫކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ފައިސާއާއި ވަސީލަތްތައް."
މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމްގައި ޔޫއެންއެފްސީސީސީ، ކޮޕް26 ޕްރެސިޑެންސީ، އިންކަމިންގް ކޮޕް ޕްރެސިޑެންސީ، ޕޮލިސީ އެކްސްޕާރޓުން، އަދި ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަރުކާރުގެ އިސްވެރިންގެ އިތުރުން ސިޑްސް އަދި ނާޒުކު ތިމާވެށިތައް ހުރި ޤައުމުތަކުން ވަނީ ބައިވެރިވެފައެވެ.

ޖީޖީއޭ އަކީ ޕެރިސް އެގްރީމެންޓް ގެ ކީ އޮބްޖެކްޓެކެވެ. މީގެ މައިގަނޑު އެއް އަމާޒަކީ އެޑެޕްޓިވް ކެޕޭސިޓީ ތަރައްޤީކުރުމާއިއެކު ނާޒުކު ތިމާވެއްޓެއް އޮތް ޤައުމުތަކުގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށްދިޔަނުދީ ހިފެހެއްޓުމެވެ. މި ޕްރޮގްރާމްގައި އިޖިޕްޓްގެ މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް ކޮޕް27 އެންވޯއީ އެންޑް މިނިސްޓީރިއަލް ކޯޑިނޭޓަރ ޑރ ޔާސްމީން ފުއާދު، ކޮޕް 26 ގެ ރީޖަނަލް އެމްބެސެޑަރ ކެނެތް ޖޭމްސް އޯ ފްލެހާރޓީ،މާރޝަލް އައިލެންޑްސްގެ ކްލައިމެޓް އެންވޯއީ ކެތީ ޖެޓްނިލް – ކިންޖިނަރ ، މިނިސްޓްރީ އޮފް އެންވަޔަރަމެންޓް ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް އިންޑިޔާގެ ސެކްރެޓަރީ ލީލާ ނަންދަން ، ބަހްރެއިންގެ ސްޕެޝަލް އެންވޯއީ ފޯރ ކްލައިމެޓް އެފެއާރސް ޑރ މުހައްމަދު ބިން މުބާރަކް ބިން ޑައިނާ، ޔޫއެންއެފްސީސީސީގެ އެކްޒެކެޓިވް ސެކްރެޓަރީ ޕެޓްރީޝީޔާ އެސްޕިނޯސާ ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ޕްރޮގްރާމްގެ ތެރެއިން މިއަދު ވަނީ ހައިލެވެލް ޕެނަޝަލް ޑިސްކަޝަން ތަކާއި، މޮޑެރޭޓެޑް ޕްލިނަރީ ޑިސްކަޝަން އަދި ބައިލެޓްރަލް ބައްދަލުވުންތަކެއެވެ.މި ލޯންޗިންގް އިވެންޓް އަމާޒުކޮށްފައިވަނީ ސިޔާސީގޮތުން ލިބެންޖެހޭ ފުރިހަމަ އެއްބާރުލުމާއިއެކު، ޖީޖީއޭ ވޯރކް ޕްރޮގްރާމް ފެށިގެންދިއުން ކަމަށް މިނިސްޓްރީން ބުނެއެވެ.

ނަތީޖާއެއްގެގޮތުން ވޯރކިންގް ގްރޫޕް 2 ރިޕޯރޓް އޮފް ދަ އިންޓަރގަވަރމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ފަދަ ގްރޫޕްތަކުން އެޑެޕްޓޭޝަން އަދި ރެސީލިއެންސް ބިލްޑްކުރުމުގައި ދިމާވާ ގޮންޖެހުންތައް ހިއްސާކޮށް، ކުރެވިފައިވާ ތަޖުރިބާތަކުގެއަލީގައި ހިޔާލުފާޅުކުރުމުގެ ފުރުސަތު ފަހިވެގެންގޮސްފައިވެއެވެ.