ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި އެސް.އެސް. ރާޖާ މޯލީގެ "އާރް.އާރް.އާރް" ކުރިޔަށްއޮތް ޖޫން މަހުގެ 2 ވަނަ ދުވަހު ނެޓްފްލިކްސްއިން ބެލޭނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިފިލްމުގެ ހިންދީ ވާޝަން ނެޓްފްލިކްސްގައި ޕްރިމިއަރ ކުރާއިރު އިންޑިއާގެ އެހެން ބަހުރުވަތަކުގެ ފިލްމު އިނިގިރޭސި ސަބްޓައިޓްލްއާއެކު ޕްރިމިއަކުރާގޮތަށް ހަމަޖެހިފައިވަނީ ޒީ5އިންނެވެ.
ތެލުގޫ އެކްޓަރުންކަމަށްވާ ރާމް ޗަރަންއާއި އެންޓީއާރް އަރުޖުން އާއި އަދި ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންއާއެކު ބަތަލާ އާލިއާ ބަޓް މުހިއްމު ރޯލް ކުޅެފައިވާ މިފިލްމު ރިލީޒްކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ 25 ވަނަ ދުވަހު ތިއޭޓަރުގައެވެ.
ފިލްމު "ބާހޫބަލީ" ސިލްސިލާގެ ފިލްމުތަކުގެ ކާމިޔާބީއަށްފަހު "އާރް.އާރް.އާރް" ވެގެން ގޮސްފައިވަނީ ރާޖޯ މޯލީގެ ހަޔާތުގައި އެންމެ ކާމިޔާބު އެއް ފިލްމަށެވެ. ފިލްމު ޓްރިޕްލް އާރް ވެގެންގޮސްފައިވަނީ ސައުތް އިންޑިއާގެ އިތުރުން ހިންދީ ސިނަމާގައިވެސް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމަކަށެވެ.
ޖުމްލަ 550 ކްރޯޑް ރުޕީސް (72 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 1،132 ކްރޯޑް ރުޕީސް (150 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި "އާރްއާރްއާރް" އަކީ އެކްޝަން ޑްރާމާއެކެވެ.
2018 ވަނަ އަހަރު މާރޗް މަހު ފިލްމު އިއުލާނުކޮށްފައިވީ ނަމަވެސް ކޮވިޑްގެ ތަފާތު ހާލަތްތަކާއިހެދި ފިލްމުގެ މަސައްކަތް ފެށުނީ އެއަހަރުގެ ނޮވެމްބަރު މަހުގައެވެ.
2021 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް ފިލްމުގެ މަސައްކަތް ދިގު ދެމިގެންގޮސް ބެލުންތެރިންނާ ހަމައަށް ފިލްމު ގެނެސްދެވުނީ މިއަހަރުގެ މާރޗްމަހުގައެވެ.
ފިލްމު ރިލީޒްކުރެވިފައިވަނީ ކޮވިޑްގެ ހާލަތު ކޮންމެވެސް ވަރަކަށް އިންޑިއާގައި ކޮންޓްރޯލްކުރެވުނު ދުވަސްވަރުކަމުން ފިލްމު ބަލަން ތިއޭޓަރަށް ގިނަ ބަޔަކު ދާނެކަމާމެދުވެސް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ސުވާލު އުފެއްދިއެވެ.
އެހެންނަމަވެސް ހީކުރިގޮތާއި ޚިލާފަށް މިފިލްމު ވެގެންގޮސްފައިވަނީ ކޮވިޑްގެ ހާލަތުން އަރައިގަތުމަށްފަހު ތިއޭޓަރުގައި ރިލީޒްކުރި ފިލްމުތަކުގެތެރެއިން 3 ވަނައަށް އެންމެ ގިނަ އާމްދަނީ ހޯދި ފިލްމަށެވެ.
އަޖޭ ފެންނާނެ ކަމަށް ހީކުރީ ވަރަށް ގަދަކޮށް އެކަމު އެއްމެ ފަހަރަކު ކަންނޭގެ ޓްރެެއިލަރގަ ފެނުނީ. ސައުތު ފިލްމްތައް މިހާރު މާގަދަކޮށްފިއޭ. ވަރަށް ސަޅިވާނެ މިފިލްމް
ވަރަށް ބަލާލާ ހިތްވެއްޖެ. ޓްރެއިލަރ ވަރަށް ސަޅި