އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި "ކްރޫގާރ ޗެލެންޖް 2022" ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ 19 މޭ 2022 އިން 31 ޖުލައި 2022 ގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައެވެ.
ކްރޫގާރ ޗެލެންޖް 2022 ގައި ބައިވެރިވުމަށް ކްރޫގަރގެ ޕްރޮޑަކްޓެއް ބޭނުންކޮށްގެން ކާއެއްޗެއް ތައްޔާރުކުރުމަށްފަހު STOKrugerChallenge2022# ބޭނުންކޮށް ސޯޝަލް މީޑިޔާގައި ޕޯސްޓްކުރަންޖެހެއެވެ. ސޯޝަލް މީޑިޔާ މުބާރާތުގެ ތެރެއިން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި އެއްފަރާތް ހޮވައި އެންމެ ގިނަ ލައިކްސް/ރިއެކްޝަންސް ލިބިފައިވާ ޕޯސްޓުގެ ވެރިފަރާތަށް ވަރަށް އަގުހުރި އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކްރޫގާރ ބްރޭންޑްގެ ތަކެތި ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިޕްރޮމޯޝަންގައި، ސޯޝަލް މީޑިޔާ މުބާރާތުގެ އިތުރުން ވަރަށް އަގުހުރި އިނާމު އަދި ޑިސްކައުންޓް ލިބޭނެއެވެ.
އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ކްރޫގަރ އައިޓަމްއަކަށް ޑިޖިޓަލް ކޫޕަންއެއް ލިބިގެންދާނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން މީގެ ތެރެއިން އެއްވަނައަށް ހޮވޭ ފަރާތަށް ބެނެލީ ޕެނެރިއާ ސައިކަލެއް، އަދި ދެވަނައަށް ހޮވޭފަރާތަކަށް އައިފޯން 13 ޕްރޯ މެކްސް 256ޖީބީ ލިބޭއިރު ތިންވަނައަށް ހޮވޭފަރާތަކަށް ޕިލިޕްސް 55 އިންޗީގެ ޓީވީއެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.
އެސް.ޓީ.އޯ އިން އިމްޕޯރޓްކޮށް ވިއްކަމުން ދާ ކްރޫގާރ ބުރޭންޑަކީ ޖަރުމަނުގެ މޮޅު ބުރޭންޑެކެވެ.
ކްރޫގާރ ޕާސްތަނޫސާގެ ޗޮކުލެޓް ސުޕެރްޑް ތެރޭގައި ޗޮކޮލެޓް ޑުވޯ އަދި ޑާރކް ޗޮކްލެޓް ވެސް ހުރެއެވެ. ކްރޫގާރގެ ޕޮރޮޓެކްޓުތަކަކީ ދިވެހިންގެ މަގޫބުލުކަން ހޯދައިފައިވާ ޕުރޮޓެކްޓެކެވެ.