ހދ. ހަނިމާދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަންއެވެ.
ހަނިމާދުގައި އަލަށް އިމާރާތްކުރަނީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިމިސްކިތް އިމާރާތްކުރުމަށް އެއްބަސްވެފައިވަނީ 11،906،881.17 ( އެގާރަ މިލިއަން ނުވަލައްކަ ހަހާސް އަށްސަތޭކަ އަށްޑިހަ އަށް ރުފިޔާ ސަތާރަ ލާރި) އަށެވެ.
މި މިސްކިތް އިމާރާތްކުރުމަށް ސޮއިކޮށްފައިވަނީ 6 ފެބްރުއަރީ 2022ގައެވެ.
365 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަޝްރޫޢުގެ އެންމެ ފަހު ތާރީޚަކީ 06 މާޗް 2023 އެވެ.