މުދާ އުފުލާ ދޯންޏަކާއި، މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު ދެ ދޯންޏެއް ފަރަށް އަރައިގެން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

ފަރަށް އަރައިގެން މިއަދު އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ 8 މީހުންނާއެކު ކ.މާލެއިން ފުރައިގެން ލ.އަތޮޅަށް ދަތުރުކުރަމުންދިޔަ "މާވަހަރު ސްޓަރ" ނަމަކަށް ކިޔާ ދޯންޏެއްކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. މި ދޯނި މ.މުއްޔާއި މ.ކޮޅުފުށްޓާ ދެމެދުން ފަރަކަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ދެވަނައަށް ރިޕޯޓްކޮށްފައިވަނީ، 16 މީހުންނާއެކު މަސްވެރިކަމަށް ނިކުމެއުޅުނު "އުފާ" ނަމަކަށް ކިޔާ މަސް ދޯންޏެއް ފަރަށް އަރައިގެންކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މި ދޯނި ތ.ގާދިއްފުށި ކައިރިން ފަރަކަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.