ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު، އިއްޔެއިން ފެށިގެން އަވަށްޓެރި ސްރީލަންކާގެ ލީޑަރުންނާ ބައްދަލު ކުރައްވަމުން އެބަގެންދަވައެވެ.
ރައީސް ނަޝީދު އިއްޔެ އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ، ސްރީލަންކާގެ ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާއާއެވެ. ދެބޭފުޅުން މަޝްވަރާ ކުރެއްވީ، ސްރީލަންކާގެ ރައްޔިތުން މިހާރު ތަހައްމަލް ކުރަމުންދާ ހިތްދަތި ހާލަތާއި، އެހާލަތުން އަރައިގަތުމަށް ހުރިހާ ސިޔާސީ ޕާޓީތަކުންވެސް އެއް ތަސައްވުރެއް ގެންގުޅުމުގެ މުހިންމުކަމާ މެދުގައި ކަމަށް ސްރީލަންކާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
ރައީސް ނަޝީދު، އެމެރިކާއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރާ ބައްދަލު ކުރައްވާފައިވަނީވެސް އިއްޔެއެވެ.
ރައީސް ނަޝީދު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސްރީލަންކާގެ އެންމެބޮޑު އިދިކޮޅު ލީޑަރު ސާޖިތު ޕްރެމަދާސައާ ބައްދަލު ކުރައްވާފައިވަނީ މިއަދުއެވެ.
ސާޖިތުއާ ބައްދަލު ކުރެއްވުމަށްފަހު ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ސްރީލަންކާއަށް މިހާރު ދިމާވެފައިވާ ހާލަތު އިދިކޮޅު ލީޑަރަށް ވަރަށް ސާފުކޮށް އެނގިވަޑައި ގަންނަވާ ކަމަށެވެ.
ހަމަ އެއާއެކު، މި ދަނޑިވަޅުގައި ވަފާތެރި އަދި ބިނާކުރުވަނިވި އިދޮޅެއްގެ ދައުރު އަދާކުރައްވަން ސާޖިތު ބޭނުންފުޅުވާ ކަމަށާއި، އިދިޅެއްގެ މިފަދަ ދައުރަކީ ސަރުކާރެއް ހިންގުމާ އެއްފަދަ ކަމެއް ކަމަށްވެސް ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދު މިއަދުވަނީ ސްރީލަންކާ ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރ ނަމާލް ރާޖަޕަކްސައާވެސް ބައްދަލު ކުރައްވާފައެވެ. ނަމާލްއަކީ ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުންނެވެ.
ނަމާލްއާ ބައްދަލު ކުރެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ހުރިހާ ބޭފުޅުންވެސް ބޭނުންފުޅުވަނީ ފާގަތި އަދި އުފާވެރި ސްރީލަންކާއެއް ކަމަށާއި، އެކަން ހާސިލްކުރުމަށްޓަކައި އެންމެން ގުޅިގެން އެއް ވިސްނުމެއްގައި މަސައްކަތް ކުރަން އެއްބަސްވާން ތައްޔާރަށް ތިއްބެވިކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.
އަދި ރައީސް ނަޝީދުވަނީ، ސްރީލަންކާ މުސްލިމް ކޮންގްރެސްގެ ލީޑަރ ރައޫފް ހަކީމްއާވެސް މިއަދު ބައްދަލު ކުރައްވާފައެވެ.
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މި ހަފްތާގެ ކުރީކޮޅުވަނީ، ސްރީލަންކާއަށް ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް ބޭނުންވާ ބޭރުގެ މާލީ އެހީ ހޯއްދެވުމުގެ މަސައްކަތްތައް ވިލަރެސްކުރެއްވުމުގެ މަސައްކަތް ރައީސް ނަޝީދުއާ ހަވާލު ކުރައްވާފައެވެ.
ާއާފް: މަނިކުފާނު ތިޔަ ކުރައްވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދަންނަވަން. ދިވެހި ރަޢްޔިތުން މިއަދު އުފާވަނީ މަނިކުފާނުގެ ބުރަމަސައްކަތުން ރައްޔިތުންނަށް ލާބަޔާ މަންފާ ތާއަބަދަށް ލިބޭނޭހެން މިޤައުމު ބައްޓަންކޮށް ދެއްވީތީ، ދިވެހި ތާރީކްގައި މަނިކުފާނުގެ ނަން އަބަދުމެ ލިޔެވިގެންދާނެ އަލިގަދަ ދަންމަރަކަށް ރައީސް މުޙައްމަދު ނަޝީދު ވެގެން ދިއުމަކީ ދިވެހި ރައްޔިރުން ކުޑަވެސް ޝައްކު ކުރާ ކަމެއްނޫން. ތިޔައީ ރާއްޖެއާއި މުޅިދުނިޔެ އެމީހަކަށްޓަކައި ފަޚުރުވެެރިވާ ހަމައެކަނި ލީޑަރު.
މީ ވަރަށް ނުރައްކާތެރި ކަމަކަށްވެސް ވެދާނެ ލަންކާ ރައްޔިތުން ވިސްނާލުން ރަނގަޅު. ތިމީހާ ތީ ގައުމެއްގެ އެޖެންޓެކޭ ކިޔާ އަޑުއިވެނީ
ރާއްޖެއިން އެއްވެސް ކަންފުޅެއްނުވީމަ ލަންކާ ތެރެއަށް ބޭނިގަންނަނީދޯ. މިތަނުން ބޭރުއަރުވާލައިފި އޭނަގެ އެކުވެރިޔާ މާ ބޯބޮޑު. ބޮޑުތަނުން ފެއިލްކޮށް ބޭޒާރުކޮށްލީމަ ބަލިގަބޫލަނުކޮށް ދުނިޔޭގެ ކުރިމަތީގަ ނަން ފަނޑުވާހެން ހީވާތީ ރަނގަޅު ވިސްނުމެއް ވިސްނާލީ ކަނަށްވާނީ
އުފާހޯދަދޭން ތިވަރެއް ނުހުންނާނެ، އެއީ ރާއްޖޭގެ ރައްޔިތުންވެސް މި ތިބެނީ އުފަލުން ފޮޅިފަނު. ބޯހަލާކު
ރާއްޖެ ފުނޑާލާފަ އެވަރުން ނުފުދިގެން ލަންކާގެ ދުވަސްވެސް ދުއްވާލަން ރާވަނީ.
މީނަ މިހާރު ރާއްޖެއަށް އުފާ ފާގަތިކަން ހޯދަދީ ނިމިގެން އަވަށްޓެރި ގައުމުތަކަށް ފާގަތިކަން ހޯދަދޭން ފެށީ؟